ބޭރުދުނިޔެ

އެމިރޭޓްސްގެ ފުރަތަމަ ނަރުސް ނިޔާވުމުން ޝައިޚް މުޙައްމަދުގެ ތައުޒިޔާ

ޔޫއޭއީ: އެމިރޭޓްސްގެ ފުރަތަމަ ނަރުހެއް ކަމަށްވާ ހުސެން ޤައިދު ނިޔާވެއްޖެއެވެ.

އޭނާ ނިޔާވިކަން އިއުލާނުކުރީ ހުކުރު ދުވަހު އެވެ. ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ރޫލަރ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވަނީ ޓްވިޓަރ މެދުވެރިކޮށް ޤައިދުގެ އަށް ތައުޒިޔާ ވިދާޅުވެފައެވެ.

ޝައިޚް މުޙައްމަދު ލިޔުއްވާފައިވާ ގޮތުގައި ޤާއިދަކީ ނަރސިންގ ދާއިރާއިން އެންމެ ފުރަތަމަ އެމިރޭޓްސްގެ މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާނެ ބޭފުޅެކެވެ.

އޭނާގެ ގައުމު އޭނާ މަތިން ހަނދާން ނައްތައެއް ނުލާނަން،” ދުބާއީ ރޫލަރގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close