ކުޅިވަރު

އެޑީ ނެކެޓިއާގެ ފުރަތަމަ ސީނިއާ ހެޓްރިކާއެކު އާސެނަލް ލީގު ކަޕްގެ ސެމީއަށް

އެޑީ ނެކެޓިއާގެ ފުރަތަމަ ސީނިއާ ހެޓްރިކާއެކު ސަންޑަލޭންޑްގެ މައްޗަށް ފަސޭހަކަމާއެކު މޮޅުވެ ކަރަބާއޯ ކަޕްގެ ސެމީ ފައިނަލަށް އާސެނަލް ދަތުރުކޮށްފިވެ.
ތިންވަނަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ސަންޑަލޭންޑްގެ މައްޗަށް އާސެނަލް ކުރިހޯދީ 1-5 ގެ ތަފާތުން ބޮޑު ނަތީޖާއަކުންނެވެ.
އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާސެނަލް ޓީމުންނެވެ. މި ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، އެޑްވާޑް އެންކެޓިއޭއެވެ. އާސެނަލްއަށް ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ނިކޮލަސް ޕެޕޭއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ސަންޑަލޭންޑުން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، ނޭތަން ބްރޯޑްހެޑެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން އާސެނަލްގެ ކުޅުން އިތުރަށް ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ސަންޑަލޭންޑްގެ ގޯލާއި އަމާޒުކޮށް ވަނީ ފޮނުވާލާފައެވެ. އެގޮތުން ދެވަނަ ހާފުގެ 4 ވަނަ މިނެޓުގައި އެންކެޓިއޭ ވަނީ އާސެނަލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ 9 މިނެޓު ފަހުން އެންކެޓިއޭ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި މެޗުގައި އާސެނަލުން ޖެހި ފަސް ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ، ޗާލީ ޕަޓީނޯއެވެ.

ސަންޑަލޭންޑް އަތުން މޮޅުވެ އާސެނަލް މި މުބާރާތުގެ ސެމީން ޖާގައެއް ކަށަވަރުކޮށްފައިވާއިރު، ކުއާޓާ ފައިނަލުގެ ބާކީ ހުރި މެޗުތައް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޗެލްސީ އާއި ބްރެންޓްފޯޑް ވާދަކުރާއިރު، ލިވަޕޫލް ނުކުންނާނީ ލެސްޓާ ސިޓީ އާއި ދެކޮޅަށެވެ. ވެސްޓް ހޭމް ޔުނައިޓެޑް ނުކުންނާނީ ޓޮޓެންހަމް އާއި ދެކޮޅަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close