ޚަބަރު

އިންޑިއާ އައުޓް މޭމަތީގައި ޖައްސަވައިގެން ރައީސް ޔާމީނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުހިނގޭނެ – ރައީސް ނަޝީދު

އިންޑިއާ އައުޓް މޭމަތީގައި ޖައްސަވައިގެން ރައީސް ޔާމީނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުހިނގޭނެ ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެނ ވިދާޅުވީ އެމްޑީޕީގެ މިއަދު ބޭއްވި މާލެ ސިޓީގެ ދާއިރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމީނަށް އިސްކޮށް ހުންވައިގެން ހިންގޭނެ ހަރަކާތެއް ނޫންކަމަށެވެ. ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ އައުޓް ހަރަކާތް ހިންގަމުންދަނީ ޤާނޫނާއި ޚިލާފަށް ކަމަށާއި، އެކަން ފުލުހުން ނިކުމެ ހުއްޓުވަން ޖެހޭކަމަށެވެ.

މިހަރަކާތަކީ އެއްވެސް ގޮތަކަށް ޤައުމުގެ މަސްލަހަތު އޮތްގޮތެއް ނޫންކަމަށާއި، މިކަމުން ރައީސް ޔާމީނަށްވެސް އަދި އެމަނިކުފާނުގެ ޕާޓީގެ މެމްބަރުންނަށްވެސް ވަނީ ބޮޑު ހުތުރަކަށް ކަމަށެވެ. ރާއްޖޭގެ މަސްލަހަތު ގެއްލުވާލުމަށް އެހެން ޤައުމެއް އައުޓްކަމަށް މޭމަތީގައި ޖަހައިގެން ހަރަކާތް ހިންގުމަށް ޖާގަ ދެވިގެން ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކު އިންޑިއާ އައުޓްގެ ނަމުގައި މުޅިމޭމަތި ފުރެންދެން ޖަހައިގެން ނިކުތީމާ ހުތުރުވާނެ. އިންޑިއާ އައުޓް ނުގޮވޭނެ. އެހެން ނޮގޮވޭނެ. އެއީ ރާއްޖޭގެ މަސްލަހަތާއި ޚިލާފްކަމެއް. އެހެން ގޮވަމުން ނުހިނގޭނެ. ރައީސް ޔާމީނަށް އިންޑިއާ އައުޓް ޖަހައިގެން ނުހިނގޭނެ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއް ކޮމެންޓް

  1. އިންޑިއާ އައުޓެކޭ ނުގޮވޭނެ. އެކަމަކު އިންޑިއާ މިލްޓަރީ އައުޓޭ ގޮވަން ޖެހޭ.. ގޮވާނަން.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close