ޚަބަރު

ފޯނު ފިހާރައަކުން ވައްކަންކޮށް، ވެރިމީހާ މަރާލި ހަތަރު މީހަކު 10 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ޔޫއޭއީ: ދުބާއީގެ ކްރިމިނަލް ކޯޓުން އިންޑިއާގެދެ މީހެއްގެ މައްޗަށް ޣައިރު ހާޒިރުގައި 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 158 ސްމާޓް މޯބައިލް ފޯނާއި، 21،000 ދިރުހަމާއި، 1000 ޑޮލަރު، ފޯން ފިހާރައަކުން ވަގަށް ނަގައި އަދި އެތަކެތީގެ ވެރިފަރާތް މަރާލި ކަމުގެ ކުށުގައެވެ.

އަދި ވަގަށް ނަގާފައިވާ ތަކެތި ބެހެއްޓި ކަމުގެ ތުހުމަތާއި އެ ކުށްކޮށްގެން ހޯދާފައިވާ މޫވްބަލް ފައިސާ ގެންގުޅުމުގެ ދައުވާގައި ތިން ވަނަ ދައުވާ ލިބޭ ތިން ވަނަ މީހާ އާއި އެ ހަތަރު މީހުންގެ ހާޒިރުގައި ފަސް އަހަރަށް ޖަލަށް ލާން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އެމީހުން ޑީޕޯޓްކޮށްލުމަށް ވެސް އަމުރުކޮށްފައި ވެ އެވެ.
އެ މައްސަލަ ބެލި އިރު، މޯބައިލް ފޯން އައުޓްލެޓްގެ ވެރިފަރާތާ އެކު މަސައްކަތް ކުރި ޑްރައިވަރު ވަނީ ދެވަނަ އަދި ތިން ވަނަ ތުހުމަތާއެކު ފޭރުމުގެ ކަންކަން ރާވާފަ އެވެ. އެމީހުން ވަނީ އޭނާ އެތެރޭގައި އުޅެނިކޮށް އައުޓްލެޓްގެ ވެރިފަރާތަށް ހަމަލާދީ، އޭނާ ގުޅައި، އޭނާގެ އަނގަމަތީގައި ޓޭޕްއަޅައި، އަނިޔާކޮށްފައެވެ. އެންމެފަހުން އެ މީހާ މަރުވީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮންނެވެ.

އެ ޖަރީމާ ފަޅާއެރުމުގެ ކުރިން ދައުވާ ލިބޭ ދެ މީހުން ފިލައިގެން ގައުމުން ބޭރަށް ދިޔަ އެވެ. މި ޖަރީމާގައި ބައިވެރިވި ދެވަނަ ދައުވާލިބޭ މީހާ ވަނީ ވަގަށް ނަގާފައިވާ ތަކެތި އޭނާގެ ކާފަ (ތިންވަނަ ދައުވާލިބޭ މީހާ) އާ ހަވާލުކޮށް، ވަގަށް ނަގާފައިވާ ފޯނުތައް ވިއްކައިގެން ހޯދާފައިވާ ފައިސާ ބަދަލުކުރުމަށް އެދިފައެވެ.

ތިންވަނަ ދަޢުވާލިބޭ މީހާ ވަނީ ވަގަށް ނަގާފައިވާ ފޯނުތައް ފޮރުވުމަށާއި، އެ ފޯނުތައް އެއްކޮށް ބިމުއަޑީގައި ވަޅުލުމަށް ހަތަރުވަނަ ދަޢުވާލިބޭ މީހާ ބޭނުންކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close