އިންޑިއާ ކަނޑުގައި އޮތް ދިވެހިރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއްނޫން – ނަޝީދު
އިންޑިއާ ކަނޑުގައި އޮތް ދިވެހިރާއްޖޭގެ ދަޢުރަކީ ދިވެހިންނަށް އޮޅޭނެ ދަޢުރެއް ނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެޖެއެވެ.
ރައީސް ނަޝީދު މި މޭރުމުން ވާހަކަ ފުޅު ދައްކަވާފައި ވާއިރު ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބުމާއި ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަނީ ޖަލުން މިނިވަންވި ފަހުން ފުރަތަމަ ފަހަރަށް އަތޮޅުތެރެއަށް ދަތުރު ކުރައްވާ މުޒާހަރާއެއް ގައި ބައިވެރިވެ ވަޑައިގެން އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.
ރައީސް ޔާމީން އިސްވެ ހުންނަވާ އިއްޔެ ވަނީ މާލެ އަތޮޅު ގުރައިދޫގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ މުޒާހަރާ ކޮށްފައެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދަޢުރު އަދި އިންޑިއާ ކަނޑުގައި އޮތް ދިވެހިރާއްޖޭގެ ދަޢުރަކީ ދިވެހިންނަށް އޮޅޭނެ ދަޢުރެއް ނޫން ކަމަށެވެ. އަދި ދިވެހިންނަށް އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ ކަމަށެވެ.
ރައީސް ނަޝީދާއި ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން ދަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހިންގާ އިންޑިއާ އައުޓް ކެމްޕޭނާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.



