ބޭރުދުނިޔެ

ސަޓަން: ދެކުނު ލަންޑަންގައި ގެއެއްގައި އަލިފާން ރޯވެ 4 ކުދިން މަރުވެއްޖެ

ދެކުނު ލަންޑަންގެ ސަޓަން ގެއެއްގައި އަލިފާން ރޯވެ ހަތަރު ކުދިން މަރުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6.55 ހާއިރު ކޮލިންވުޑް ރޯޑްގައި ހުންނަ ޓެރަސްޑް ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި 60 ފަޔާފައިޓަރުންނާއި 8 ފަޔަރ އިންޖީން ބައިވެރިވެފައިވެއެވެ.

އަލިފާން ނިއްވާ ފަޔާފައިޓަރުން ވަނީ އެ ގެއަށް ވަދެ، މުޅި ގްރައުންޑް ފްލޯގައި ވަރަށް ބޮޑަށް އަލިފާން ރޯވެ ފައި އޮއްވައި އެ ހަތަރު ކުޑަ ކުދިން ނެރުމުގެ ކުރިން އެ ހުރިހާ ކުދިންނާ ވެސް ކޮންޓެކް ކުރިކަމަށް ބުނެފަ އެވެ.

އެމީހުންނަށް ސީޕީއާރު ދިނީ އެތަނުގައި ތިބި ފަޔާފައިޓަރުން ކަމަށާއި ލަންޑަން އެމްބިއުލާންސް ސާވިސްގެ ކްރޫއިން އަންނަންދެން ފަރުވާ ދިނުމުގައި ދެމިތިބި ކަމަށެވެ.

އެ ހަތަރު ކުދިން ވެސް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެ 4 ކުދިން ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރޭ 8.36 އާ ހަމައަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ އިރު، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ލަންޑަންގެ ފަޔާ ކޮމިޝަނަރު އެންޑީ ރޯ ވިދާޅުވީ މި މަރުތަކުގެ ސަބަބުން “އެންމެން ވެސް ހިތާމަކުރާ” ކަމަށެވެ.

“އަޅުގަނޑުގެ އިލްތިމާސަކީ، މި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ކުޑަކުދިންނާއި، މުޅި މުޖުތަމަޢުގެ ޢާއިލާއާއި، ރަޙްމަތްތެރިންނާއި، މި އަލިފާނުގެ އަސަރު ކުރާނެ އެންމެހައި ފަރާތްތަކަށް. ހަމްދަރުދީ ފާޅުކުރުން އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close