ޚަބަރު

ޕްލޭނިންގ މިނިސްޓްރީގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަޤާމަށް ހ. ރެޖީނާހައުސް، ޢާއިޝަތު ރަޝީދާ މިއަދު ޢައްޔަނު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޢާއިޝަތު ރަޝީދާ މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ހިންގަވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ޢާއިޝަތު ރަޝީދާއަކީ ޔޫ.އެން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފްރޭމްވަރކް (ޔޫ.އެން.އެސް.ޑީ.ސީ.އެފް ނުވަތަ “ކޯޕަރޭޝަން ފްރޭމްވަރކް”) 2021 ސްޓްރެންތްނިންގ ސީ.އާރް.ވީ.އެސް އިން މޯލްޑިވްސް، އީ.އެސް.ސީއޭ.ޕީ.އީ، ޔުނިސެފު 2021 ޑާޓާ ހާމޮނައިޒޭޝަން 2021 ޕްރޮޖެކްޓުގައި މަސައްކަތްކުރައްވަމުންދާ ބޭކަނބަލެކެވެ.

މީގެ ކުރިން ޢާއިޝަތު ރަޝީދާ ވަނީ މޯލްޑިވްސް ކަސްޓަމްސްގައި އެސިސްޓަންޓް ކަސްޓަމްސް އޮފިސަރގެ މަޤާމު ފުރުއްވާފަ އެވެ.

ޢާއިޝަތު ރަޝީދާއަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ސަންޑަރލޭންޑް އިން ބެޗްލަރ އޮފް ކޮމްޕިއުޓަރ ސްޓަރޑީޒް ހާޞިލްކުރައްވައިގެން ހުންނެވި ބޭކަނބަލެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close