ޚަބަރު

މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ކޮމިޓީގެ މެމްބަރުންނަށް ގެވެށި އަނިޔާއާބެހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް!

މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ އަންހެނުންގެ ކޮމިޓީގެ މެމްބަރުންނަށް ގެވެށި އަނިޔާ ހުއްޓުވުމާއި ގެވެށި ގުޅުމުގެ މުހިންމު ކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް މިއަދު ފަށައިފިއެވެ. މި ސެޝަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 28-30 ނޮވެމްބަރުގެ ނިޔަލަށެވެ.

މި ސެޝަންގެ މައިގަނޑު މަގްސަދަކީ އަންހެނުންގެ ހައްޤުތަކާއި ޖެންޑަރ އީކުއަލިޓީ އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަކީ މުޖުތަމަޢުގައި އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ބޮޑު އެއް މައްސަލަ ކަމަށް ވާއިރު، ޖުމްލަ ގޮތެއްގައި އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ޙައްލަކީ އަންހެނުން ބާރުވެރިކުރުވުމެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 25ން ފެށިގެން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި، ހޭލުންތެރިކަން އިތުރުކުރުމަށް ހޮންގާ ހަރަކާތްތައް ހަރުދަނާކޮށް އަދި މި ފަދަ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި އިތުރަށް ކުރެވެން ހުރި ކަންތައްތައް ދެނެގަތުމުގެ މަޤްސަދުގައި ހިންގާ ކެމްޕެއިނެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close