ޚަބަރު

ކޮޕީ މުހައްމަދު ރަޝީދު އަވަހާރަވެއްޖެ

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ހުނަރުވެރި، މއ.ކޮޕީގޭ މުޙައްމަދު ރަޝީދު (ކޮޕީ ރަޝީދު) އަވަހާރަވެއްޖެއެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ރަޝީދު އަވަހާރަވީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.

ކޮޕީ ރަޝީދު ވަނީ ތިން ފަހަރެއްގެ މަތިން އާއްމު ހިދުމަތުގެ އިނާމު ހާސިލްކުރައްވައިފަ އެވެ. އެއީ ތަމްސީލް ކުޅުމުގެ ރޮނގުންނާއި އަރަބި، ތާނަ ލިއުމުގެ އިތުރުން ޅެން ހެދުމުގެ ރޮނގުންނެވެ. ކޮޕީ މުހައްމަދު ރަޝީދަށް ވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާފައެވެ.

ރާއްޖޭގައި މިހާރު އޮތް ފެންވަރަށް ތަމްސީލް އާއްމުވި އެއް ސަބަބަކީ މަޖީދިއްޔާގެ ގޯލްޑަން ޖުބިލީއާ ގުޅިގެން ބޭއްވި ޝޯ އެވެ. މި ޝޯގައި ކޮޕީ މުހައްމަދު ރަޝީދުގެ ހިއްސާ ބޮޑެވެ. އޭނާގެ މަސްއޫލުވެރިކަމުގެ ދަށުގައި ތަމްސީލް ކުޅެން ހާއްސަ ސޮސައިޓީއެއް ވެސް އުފެއްދެވި އެވެ.

އޭނާ ކުޅުއްވި ގިނަ ތަމްސީލްތަކުގެ ތެރެއިން، “ތިން އުނދަގޫ” އާއި “ވަޒީފާ”ގެ އިތުރުން ގިނަ ފިލްމުތައް ހިމެނެ އެވެ.

އޭނާގެ ހިދުމަތް ނޫސްވެރިކަމުގެ ދާއިރާ އިން ވެސް ފާހަގަކޮށްލެވެ އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު 2018 ގައި އޭނާ އަށް އެރުވި އެވެ.

ކޮޕީ ރަޝީދު ވަނީ ސަރުކާރުގެ ގިނަ މަގާމްތައް ވެސް ފުރުއްވައިފަ އެވެ. އެ މުއްދަތުގައި، އޭނާގެ އިލްމާއި ހުނަރުވެރިކަން އެހެން މީހުންނަށް ފޯރުކޮށްދެއްވަން ގިނަ މަސައްކަތްތައް ކުރެއްވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close