ޝާހް ރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާގެ ހިތްގައިމު ހިނިތުންވުން ދުށީމުތަ؟
ސުހާނާ ޚާން އާންމުކޮށް ސޯޝަލް މީޑިއާ ބޭނުންކުރާއިރު އޭނާގެ ކޮންމެ ޕޯސްޓަކަށް އިންތިޒާރުކުރާ ވަރަށް ގިނަ ފޮލޮވަރުން ތިބެއެވެ. އެގޮތުން ސުހާނާ ޚާން އަކީ އޭނާގެ ލޯބިވެރިންނާއި ފޮލޯވަރުންނާއެކު އަމިއްލަ ހިތްގައިމު ފޮޓޯތައް ޝެއާކުރާ މީހެކެވެ.
ޝާހް ރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން މިދުވަސްކޮޅު ހޭދަކުރަމުންދަނީ އެކުވެރިޔަކާއެކު ނިއުޔޯކްގައެވެ. ޝެއަރ ކޮށްފައިވާ ފޮޓޯ ތަކުންނާއި، ވީޑިއޯ ތަކުން ފެންނަނީ އޭނާގެ ރީތި ހިނިތުންވުމާއި، އުފާވެރިކަމެވެ.
ނިއުޔޯކް ސިޓީގެ ހިތްގައިމް މަންޒަރުތައް ދެކިލުމަށް މުޅި ރަށުތެރޭގައި ހިނގާފައި ދިޔައިރު، ހިނިތުންވެ، ޕޯޒްކޮށް، އުފާވެރި ވަގުތުކޮޅެއް ހޭދަކުރަމުން ދިޔަ މަންޒަރު އިންސްޓާގްރާމްގައި 15 ހާހަށްވުރެ ގިނަ ފޮލޮވަރުން ނާއި، އޭނާވަނީ ހިއްސާކޮށްފައެވެ.
ސުހާނާގެ ރަހުމަތްތެރިއެއް ކަމަށްވާ ޕްރިޔަންކާ ކެޑިއާ ވެސްވަނީ އެމީހުންގެ ބިގްޑޭ ސޯޝަލް މީޑިއާގައި ޝެއަރކޮށްފައެވެ.
ސުހާނާ ޚާން އަކީ އާންމުކޮށް ސޯޝަލް މީޑިއާ އާއި ވަރަށް ރައްޓެހި މީހަކަށްވިޔަސް ދުވަސްކޮޅަކަށް ގެއްލުނެވެ. އެއީ މަސްތުވާތަކެތީގެ މައްސަލާގައި އެންސީބީން އޭނާގެ ބޭބެ އަރީން ޚާން ހިފެހެއްޓި ހިސާބުންނެވެ. އޭގެ ފަހުން މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ކަފާލާތުގެ ދަށުން އަރީން މިނިވަންކުރުމުން ސުހާނާ ވަނީ އަރީންއާއެކު ފޮޓޯއެއް ހިއްސާކޮށްފައެވެ.
ސުހާނާ ޚާން އަކީ ދިރޫބޭ އަމްބާނީ އިންޓަނޭޝަނަލް ސްކޫލްގެ ކުރީގެ ދަރިވަރެކެވެ. ފަހުން އޭނާ ވަނީ އިންގްލެންޑްގެ އަރްޑިންލީ ކޮލެޖުން ގްރެޖުއޭޓްވެފައެވެ. މިހާރު އޭނާ ދަނީ ނިއުޔޯކް ޔުނިވާސިޓީގައި ފިލްމް ސްޓަޑީޒް ކޯހެއް ހަދަމުންނެވެ.
