ޕްރޮގްރެސިވް ކޯލިޝަނުން ބާއްވަންއުޅުނު “ބޮޑު ހިނގާލުން” ކެންސަލްކޮށްފި
އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމާއި ދެކޮޅަށް ، ޕްރޮގްރެސިވް ކޯލިޝަނުން މާދަމާ ބޭއްވުމަށް ނިންމި “ބޮޑު ހިނގާލުން” ކެންސަލް ކޮށްފި އެވެ.
އެ ހިނގާލުން މާދަމާ ނުބާއްވާގޮތަށް ނިންމާފައިވާއިރު އެ ކޯލިޝަނުން ބުނީ މި ހިނގާލުން ކެންސަލްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި މި ހިނގާލުން ބާއްވާނެ ތާރީޚެއް ފަހުން އަންގާނެ ކަމަށެވެ.
އެ ކޯލިޝަނުން ބާއްވާ މި ހިނގާލުމަކީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާ ދެކޮޅަށް ފަށައިގެން އުޅޭ ކެމްޕޭނުގައި ހިމަނައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި ބޭރުގައުމުތަކުގެ ސިފައިން ބޭރުކުރުމަށް ގޮވާލައި ޕެޓިޝަނެއް ތައްޔާރުކޮށް އެއަށް ސޮއި ހޯދުމުގެ މަސައްކަތްތައް ވެސް އެ ކޯލިޝަނުން ދަނީ ކުރެވެމުން ނެވެ.
އިންޑިއާސިފައިންނާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުން ނެވެ.

ކެންސަލް ކުރީމަ ކަމަކު ނުދާނެ.. ބާރަށް ކުރިއަށް ޖައްސާފަ ބަހައްޓާ