މަހްމޫދުގެ މަރުގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުން – ޕޮލިސް
އދ.ދަނގެތީގައި ވަރަށް އަނިޔާވެރި ގޮތަކަށް މަރާލި މަހަމޫދުގެ މަރުގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
އުމުރުން 57 އަހަރުގެ މަހަމޫދު މަރާލި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމެންޓުގެ ހާއްސަ ޓީމެއް މިހާރުދަނީ ދަނގެތީގައި ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ބުނީ އެ ޓީމު މިހާރު އެ ރަށަށްގޮސް ތަހުގީގު ފަށާފައިވާ ކަމުގައެވެ. ދަތުރު ކުރަމުންދާ ކަމަށެވެ. އަދި މަހްމޫދ އަބޫބަކުރުގެ މަރުގެ ހަގީގަތް ދެނެގަނެ އެކަމުގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރާ ޖެހޭ ހުރިހާ މަސައްކަތެއް ފުލުހުން ކުރާނެ ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.
އޭނާ މަރާލާފައި އޮއްވަ ފެނުނީ ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރޭގައި ގޯންޏަކަށް ލާފައޮއްވަ އެވެ. އޭނާ މަރާލައި ވަޅަށްލާފައި އޮތީ ބޯކޮޅު ފެނު އަޑިއަށް އޮންނަ ގޮތަށެވެ. ފެނުން މަތީގައި އޮތް ފައިކޮޅު އޮތީ ގޯންޏެއްގެ ތެރޭގައި އެވެ.
ފުލުހުން ބުނީ އެމީހާ ވަޅުން ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަހްމޫދު މަރާލާފަ އޮއްވަ ފެނިފައި މިވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގަ އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދާއިރު ރަށު ތެރޭގައި ދަނީ ތަފާތު ކަންކަން ހިނގަމުންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ރަށު މީހުން ވަނީ މަހްމޫދުގެ މަރާއި ގުޅިގެން އެ ރަށަށް ގޮސް އުޅޭ ތޮއްޑޫ ދެ މީހަކަށް ތުހުމަތުކޮށް، އެމީހުން ފުލުހުންނާއި ހަވާލުކޮށްފަ އެވެ.
