ރޭގެ މެޗުން ބަލިވިޔަސް ހިތްވަރު އެލުވައިނުލުމަށް ޔޫތުމިނިސްޓަރ އެދިވަޑައިގެންފި
ރޭ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަލުން ބަލިވިޔަސް ހިތްވަރު އެލުވާނުލުމަށާއި، ބަނގްލާދޭޝަން މެޗުން މޮޅުވުމަށް އަޒުމުވަރުގަދަ ކުރުމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ގޮވާލައްވައިފިއެވެ.
ރޭގެ މެޗުން ބަލިވުމުން ގިނަ ބައެއްގެ ފާޑުކިޔުން ގައުމީޓީމަށް އަމާޒު ކުރަމުންދާ މި ދަނޑިވަޅު ހިތްވަރުދެއްވާ ކުރެއްވި ޓުވީޓެއްގައި ސަސްޕެންޑުކޮށްފައި ހުންނެވި މިނިސްޓަރު މަހުލޫފު ވިދާޅުވީ ދިވެހި ގައުމީ ޓީމު ވަރަށް ގަދަ ކަމަށެވެ. އެގޮތުން ރޭގެ މެޗުގައި ރަނގަޅަށް ކުޅެ ފުރުސަތު ބޭނުން ނުހިފުނީ ކަމަށް ވިދާޅުވި އެވެ.
މަހުލޫފު ވިދާޅުވީ ޖަހާ ޖޯކަކަށް އަދި ކުރާ މަލާމާތަކަށް ނުބަލާ އިތުރު ހިތްވަރާއެކު ދެން އޮތް ބަންގްލަދޭޝް މެޗު ކަމިޔާބުކުރަން އަޒުމް ކަނޑައަޅަންވީ ކަމަށެވެ. އަދި ގައުމީ ޓީމަށް ކާމިޔާބު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
މަހުލޫފު ޤައުމީ ޓީމަށް ހިތްވަރު ދެއްވާ ޓްވީޓް ކުރެއްވިއިރު އެއްބަޔަކު ގެންދަނީ މަހުލޫފަށްވެސް ފާޑު ކިޔަމުންނެވެ. އެގޮތުން ރޭގެ މެޗް ބައްލަވާލައްވަން މަހުލޫފު ވަޑައިގެން ރައީސް އަރިހުގައި އިންނެވި އިންނެވުމަކީ އެހެން ޤައުމެއްގައި ނަމަ ވާނޭކަމެއް ނޫންކަމަށާއި، އެގޮތަށް ސަސްޕެންޝަނެއްގައި ހުންނަ ބޭފުޅަކަށް ބޭރަށް ނުކުމެވެސް ނޫޅެވޭނެކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ނޭޕާލުން ރޭ ރާއްޖޭ ކޮޅަށް ލަނޑު ޖެހީ މެޗުގެ 86 ވަނަ މިނެޓުގަ ކުޅެން އެރި ބަދަލު ކުޅުންތެރިއެކެވެ. މިއީ ނޭޕާލްއަށް 1994 ވަނަ އަހަރުގެ ފަހުން ރާއްޖެ ބަލިކޮށް މެޗެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗު އޮންނާނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭ 9:00 ގައެވެ. އޭގެ ފަހުން ރާއްޖެ ސްރީލަންކާ އާއި ބައްދަލު ކުރާނީ 10 ވަނަ ދުވަހުގެ ހަވީރު 4:00 ގައި އެވެ.
ރާއްޖެ އާއި އިންޑިއާ އާ ބައްދަލު ކުރާ މެޗު އޮންނާނީ މިމަހުގެ 13 ވަނަ ދުވަހު ގެ ރެއެވެ.



ވާނުވާގަ ހުންވެ ބޭފުޅަކު ކޮންކޮހެއް ގޮވާކައްތޯ ތިބޭފުޅާތިހުންނެވީ ވާނުވާ
ގަ މާދަމާގެ އިންތިޒާރުގަ ރޭގަތިބޭފުޅާ ވީވީއައިޕީ ގައިނުމަކީވެސް މައްސަލައެއް
ދޮންކަލޯ ކޯޓާޓައީ ބާލަންޖެހިދާނެ?
އަޑުބަރޭ ދަނޑުމަތިންފެނުމަކީ ދިވެހިކަނބަލުންނައް ކުރެވޭ މަލާމާތެއް