ލީކްވި އޯޑިއޯތަކުގެ ތަހުގީގަށް ސާމްޕަލް ދިނުމަށް ފަނޑިޔާރުން އެއްބަސްވެއްޖެ
ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަކީ ނޫފޫޒުފޯރުވައިގެން ނާއިންސާފުން އިއްވި ހުކުމެއް ކަމަށް ބުނާ އަޑުއިވޭ ވީޑިއޯތަކުގެ މައްސަލައިގެ ތަހްޤީޤަށް ބޭނުންވާ އޯޑިއޯ ސާމްޕަލް ދިނުމަށް ފަނޑިޔާރުން އެއްބަސްވެއްޖެއެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ އިއްޔެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލަތަޙުޤީޤުކުރުމަށް މިއަދު ހެނދުނު ބޭއްވި ކުއްލި ޖަލްސާއެއްގައި ނިންމައި، އެ މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މިގޮތުން މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ފާއިޒު ރަޝާދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ އާދަމާއި ޑްރަގް ކޯޓުގެ ފަނޑިޔާރުމުޙައްމަދު ސަމީރުގެ ފަރާތުން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް ފަނޑިޔާރުން ވިދާޅުވެފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
ޖޭއެސްސީން ބުނީ މި މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، މީޑީގައި ދައުރުވަމުންދާ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް ފުލުހުންގެ އިދާރާގައި އެ ކޮމިޝަނުގެ ފަރާތުން އެދިފައިވާކަމަށެވެ. މި ތަހުލީލަށް އޯޑިއޯ ސާމްޕަލް ދިނުމަށް އޯޑިއޯތަކުގައި އެފަނޑިޔާރުންކަމަށް ބުނާ ފަނޑިޔާރުން ރުހުންދެއްވާފައިވާކަމަށްވެސް ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން އެ ކޮމިޝަނުން ބަލަމުންދާކަމަށް ވަނީ ބުނެފައެވެ.


ފޭކު ތަޙުޤީޤު ކުރާނެ ކަމެއްނެތް. ނިކަން މިނިވަން ތަޙުޤީޤެއް ހިންގަބަލަ. ތިތަނުން ހިންގާ ތަޙްޤިޤަކަށް އިތުބާރެއް ނެތް. ހުރިހާ މުވައްސަސާތައް ވަނީ ޙިޞާރު ކޮށްފަ.
އަޅުގަންޑުގެހިތައްއަރަނީ.،މާންﷲގައްދީހުވާކޮއްގެއްތިބެގެއްބައެއްފަޑިޔާރުއް.،.،އެކުރާހުވަޔައްހަރާންކޯރުވާތީއަޅުގަންޑުވަރައްދެރަވެހަމަގާމުވެސްއަބަދަކުތިޔަމަގާމެއްގނުތިބޭނެ.،.،މަރުވާނެކައްއެގިލައްވާނަމަވަގުތީމައްފާއަކައްއަދިމީހަކުބުނާބަހަކައްވިޔަސްހަރާންހުމެއްކޮއްފިނަމަމިދުނިޔެމަތިއްވެސް.،(މާތްﷲތިޔަބޭފުޅުއްނައްހައްގުޖަޒާދެއްވާނެ.،އަދިތިޔަބޭފުޅުއްގެއަބިދަރިއްނައް.،ތިޔަކާންދެވެނީހަރާންތަކެތި.،.،މިޔަދުދުނިޔޭގެފެއްވަރުގެކާރެއްގަނެގެއް.،.،އަބިދަރިއްގޮވާގެންއަރާމުކޮއްދުއްވާލީމަ.،ވަރަަ‘އްހިތައްފިނިވާނެ.،.އެކަމަކުއެމަތްﷲއިރާދަފުޅުއްއެފިނިކައްއަލިފާނައްބަދަލުވާނެދުވަހަކައްއިނތިޒާރުކުރޭ