ދީން

ޙަޤީޤީ ޙާދިސާ: “ކަލޭތީ ފިރިހެނެއް ކަމުގައި ވަނީ ނަމަ އަހަރެން ވަރި ކުރޭ”

ޝައިޚް ޢަތީޤް، ޝައިޚްގެ ދަރުހެއްގައި ކިޔައިދެއްވި ވާހަކަ އެކެވެ.

ޝައިޚް ކިޔައިދެއްވިއެވެ.

(ފިރިމީހާ ކިޔައި ދިނެވެ.)

ގުޅުންހުރި ލިޔުންތައް

“އެކަނބުލޭގެ އީ ޞާލިޙް، ތަޤްވާވެރި، ޠާހިރު، އަދަބުވެރި ކަނބުލެކެވެ.

 އެހެނަސް ރުޅި އަތުވެއްޖެ ނަމަ އެކަންތައްތައް އެކަނބުލޭގެ ކިބައިން ފިލައި ދެއެވެ.

ދެން ފަހެ އެކަނބުލޭގެ ގާތަށް ރުޅި އަތުވެއްޖެނަމަ އަހަރެން ގޭ ދޮރުން ނިކުންނަމެވެ.

( ފިރިމީހާ އީ ބުއްދިވެރިއެކެވެ. އެހެން ކަންތައް ކުރަނީ ޝައިޠާނާގެ ވަސްވާހު ޖެހިދާނެތީއެވެ.)

ދެން ފަހެ އެކަނބުލޭގެ ރުޅި ގަދަވެ، އެއްޗެތި ކިޔައި ހަދައެވެ.

“ކަލޭތީ، އެވެނި މިވެނި މީހެއްނަމަ… މިހެން ކިޔައި ރުޅި ގަދަ ވެދެއެވެ.

ދެން އެއްފަހަރެއްގައި އެކަނބުލޭގެ ބުންޏެވެ.

ކަލޭތީ ފިރިހެނެއް ކަމުގައި ވަނީނަމަ އަހަރެންނަށް ރައްދު ދޭށެވެ.(އެހެނީ ވަރި ކުރާށެވެ.)

ދެން އަހަރެން ގަނޑުކޮޅެއް ނަގައި އޭގައި ލިޔެ ދިނީމެވެ.

އަދި ބުނީމެވެ.

“ފީ އަމާނި ﷲ އެވެ.  ތިބާ، ތިބާގެ އަހްލުންގެ ގާތަށް ދާށެވެ.”

 މިހެން ބުނެ އެގަނޑުކޮޅު ސިޓީ އުރަޔަކަށް ލައި ދިނީމެވެ.

ދެން އެކަނބުލޭގެ، ދަބަސްތަކާއި ކުޑަ ދަރިފުޅު ގޮވައިގެން އޭނާގެ އަހްލުންގެ ގާތަށް ހިނގައްޖެއެވެ.

އަނބިމީހާއަށް އެކަން ޤަބޫލު ކުރަންވެސް ދަތިވިއެވެ. އޭނާ އީ (ފިރިމީހާ) ނުލާހިކު މަޑުމައިތިރި މީހެކެވެ. މިފަހަރު އޭނާ އަށް އެވީ ކިހިނެއް ހެއްޔެވެ.؟!

ވިހި ވަރަކަށް ދުވަސް ފަހު އެކަނބުލޭގެ ފިރިމީހާއަށް ގުޅާފަ، ރޮއި އާދޭސް ކުރިއެވެ. “ތިބާ ތީ އަހަރެންގެ ދުނިޔެވެ. ތިބާ ތީ އަހަރެންނަށް މުޅި ދުނިޔެވެ. އަހަރެންގެ ޙަޔާތެވެ. އަރެންގެ ރޫޙެވެ.  އަހަރެންނަށް ތިބާ އާއި ނުލައި ނޫޅެވޭނެއެވެ.” ބުންޏެވެ.

ދެން ފަހެ އެކަނބުލޭގެ ހިތް ފަޅައިގެން ގޮސްފާނެތީ ފިރިމީހާ ޖަވާބުގައި ބުންޏެވެ.

“އޭ އުުއްމު ޢަބްދިލް ޢަޒީޒް އެވެ. ކަނބުލޭގެ ބޭނުންވަނީ ކޮން ކަމެއްތޯއެވެ؟!”

އެކަނބުލޭގެ ބުންޏެވެ. “އަހަރެންނަށް ހެދުނީ ގޯހެކެވެ.”

ފިރިމީހާ ބުންޏެވެ. ” ނޫނެކެވެ. އަހަރެން ކަނބުލޭގެ އަށް އަހަރެންނީ ފިރިހެނެއް ކަން ދައްކައިލީއެވެ.”

އެކަނބުލޭގެ ބުންޏެވެ. “ތިބާ ތީ “ފިރިހެނެކެވެ.” އެކަމަކު އެއީ އަހަރެންނަށް ހަމަ ބުއްދީގައި ހުރެ ބުނެވުނު ބަހެއް ނޫނެވެ.”

ފިރިމީހާ ބުންޏެވެ. “އެހެނަސް އެއީ ކަނބުލޭގެ އެދުމެކެވެ.”

 ކޮންމެއަކަސް އެކަނބުލޭގެ ހިތް ފަޅައިގެން ގޮސްފާނެ ހެން ހީވުމުން ފިރިމީހާ ބުންޏެވެ.

“އެހެންވީ އިރު، ކަނބުލޭގެ އަށް އަހަރެން ދިން ސިޓީ ✉ ހުޅުވައި ބަލާށެވެ.”

ދެން ފަހެ އެކަނބަލޭގެ އެ ސިޓީ ހުޅުވިހިނދު އޭގައި ލިޔެފައިވަނީ….

“އޭ އުުއްމު ޢަބްދިލް ޢަޒީޒް އެވެ. ކަމަނާތީ އަހަރެންގެ ދެލޯ ފަދަ ކަމަނާއެވެ…. ﷲ ގަންދީ ބުނަމެވެ. އުޑު ބިންމައްޗަށް ވެއްޓުނު ކަމުގައި ވީނަމަވެސް ކަމަނާ ވަރި ނުކުރާ ހުށީމެވެ..”

އެކަނބުލޭގެ ސިޓީ ކީ ހިނދު ރޮއެ ބުންޏެވެ.

“ތިބާ ތީ ފިރިހެނުންގެ ޝައިޚެވެ. އަދި އެމީހުންގެ އަމީރެވެ.!”

އޭރުގައި އެކަނބުލޭގެ ހީކުރި އޭގައި އޭނާ ލިޔެ ދިނީ “ތިބާ ތިހުރީ ވަރިކޮށްފައި” ކަމަށްށެވެ.

ބަލާށެވެ!

 ފިރިމީހާ އޭނާގެ ރުޅި މައިތިރި ކުރުމުން، އެކަނބުލޭގެ ޙާލަތު ބަދަލުވިގޮތް ދެކޭށެވެ.!

ހަމަކަށަވަރުން އެއީއެވެ. “ފިރިހެންވަންތަ ކަމީ”.!!!

އެހެނަސް މިއަދު ފިރިންގެ އަޚްލާޤު ބަދަލުވެ އެފަދަ ޙާލެއްގައި މިކަން މަތިން ހަނދާން ނެތި ދެއެވެ. 

މިއީ ނަބަވީ މަންހަޖެވެ. މުއުމިނަކު އަނެއް މުއުމިނަކު ދުރުކޮށެއް ނުލާނެއެވެ.

ރުޅިވެރިކަމަކީ އަބަދުވެސް އޮންނާނެ އެއްޗެކެވެ. އަދި ވާނެ އެއްޗެކެވެ.  އެހެނަސް އެކަނބުލުންގެ ހިތްދަތި ދުވަސްތަކާއި އުފާވެރިކަމުގެ ދުވަސްތަކާއި އަޅައި ކިޔައި ލާށެވެ. އަދި އެދޭތި އެއްކޮށްލުމުން ތިބާއަށް އޭގެއިން ނިކުންނާނީ، މީރު ފޮނި ޖޫސް ތައްޓެއް ފަދަ އެއްޗެކެވެ! ބޯހިނދު، އޭގައި އަބަދުމެ ހަކުރެއް ވެސް ނުހުންނާނެއެވެ. އަބަދުމެ ފޮނި މާމުއި ރަހަ އެއްވެސް ނުލާނެއެވެ. އަބަދުމެ އުފާވެރިކަމެއް ވެސް ނުހުންނާނެއެވެ.

އެހެނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެން ޚަލްޤު ކުރެއްވީ އިމްތިޙާނުގެ ގޯތީގައެވެ.”

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close