ހަރުކަށި ފިކުރު ހުއްޓުވުމުގެ ނަމުގައި ޓްރާންސްޕޭރެންސީ އޮފް މޯލްޑިވްސް އާއި އެޑިއުކޭޝަނާއި ދެމެދު ސޮއި ކުރި އެއްބަސްވުން ހޯދަންވާނީ އެދިފަ – ސަލަފް
ދަރިވަރުންގެ މެދުގައި ހަރުކަށި ފިކުރުގެ ވިސްނުން ހުއްޓުވުމުގެ ނަމުގައި ޓްރާންސްޕޭރެންސީ އޮފް މޯލްޑިވްސް އާއި އެޑިއުކޭޝަނާއި ދެމެދު ސޮއި ކުރި އެއްބަސްވުން ހޯދަންވާނީ އެދިފައިކަމަށް ޖަމްޢިއްޔަތުއް ސަލަފުން ހާމަކުރައްވައިފިއެވެ.
ހަރުކަށި ވިސްނުން އަށަގަތުމަ ނުދިނުމަށް ދަރިވަރުންގެ ކިބައިގައި ދީނަށް ލޯބި ޖެއްސުންފަދަ ކަންކަން ހިމެނޭ “ޕްރޮމޯޓިންގ ރެޒިލިއަންސް އިން ދި މޯލްޑިވްސް ޕްރައިމް” ޕްރޮޖެކުޓުގެ ނަމުގައި، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއެކު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެމް.އޯ.ޔޫ އެއްގައި ސޮއި ކުރިކަމަށް އެ މިނިސްޓްރީ އާއި ޙަވާލާދީ ރާއްޖޭގެ މީޑިޔާތަކުގައި 18 އޯގަސްޓް 2021 ގައި ރިޕޯޓުކޮށް ޚަބަރު ފަތުރާފައިވާތީ، އެ އެއްބަސްވުމުގެ ކޮޕީއެއް މިޖަމްޢިއްޔާއަށް ޙިއްޞާކޮށްދީ އަދި އެކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކޮށްދިނުމަށް އެދި، ޤާނޫނު ނަމްބަރ 1/2014 (މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނު) ގެ ދަށުން، 22 އޯގަސްޓް 2021 ގައި، މިޖަމްޢިއްޔާއިން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަލާފައި ކަމަށް ޖަމްޢިއްޔަތުއް ސަލަފުން މިއަދު ޢާންމު ކުރި މީޑިއާ ސްޓޭޓްމެންޓެއްގައި ބުނެފައިވެއެވެ.
ޖަމްޢިއްޔަތުއް ސަލަފުން އެ އެއްބަސްވުން ހޯދުމަށް އެދިފައިވާއިރު، ޓްރާންސްޕޭރެންސީ އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ދިރާސާކުރުމަށް ވުޖޫދުވެފައިވާ ޖަމްޢިއްޔާއެއްކަމާއި އެ ޖަމްޢިއްޔާއާއިމެދު މިފަދަ އެއްބަސްވުމެއް ހެދުމަކީ ވަރަށް ބޮޑު ގޯހެއްކަމަށް ގިނަ ބަޔަކުދަނީ ބުނަމުންނެވެ.

salfah kopee eh dheynjehey sababeh nonaane