ދިރާގު މަމެން މިއުޒިކް ޑޭޓާ އެޑް-އޮންސް އާއެކު އިތުރު ފީޗަރ ތަކެއް!
ދިރާގު މަމެން މިއުޒިކް ޑޭޓާ އެޑް-އޮންސް އާއެކު މުޅި ދުވަހު ތިބާގެ އެންމެ ފޭވަރިޓް އެޕްތަކުގައި މިއުޒިކް އަޑުއަހާލެވޭނެ ޚިދުމަތްތަކެއް ތަޢާރަފް ކޮށްފިއެވެ.
ދިރާގުން ވަނީ މަމެން މިއުޒިކް ޑޭޓާ އެޑް-އޮންސް މުޅިން އަލަށް ތައާރަފުކޮށް، އެޑް-އޮންސް ޕޯޓްފޯލިއޯ އިތުރަށް ފުރިހަމަކޮށްފައެވެ.
މަމެން ކަސްޓަމަރުންނަށް މިހާރު ޑޭޓާ ބޭނުން ކުރުމާ މެދު ކަންބޮޑުވުމެއް ނެތި މުޅި ދުވަހު އެ ކަސްޓަމަރުންގެ އެންމެ ފޭވަރިޓް އެޕްތަކުގައި މިއުޒިކް ސްޓްރީމް ކުރެވޭނެ އެވެ.
ޑެޑިކޭޓެޑް ޑޭޓާ ހާއްސަކުރެވިފައިވަނީ މަޝްހޫރު މިއުޒިކް އެޕްތަކަށެވެ. އެގޮތުން ސައުންޑްކްލައުޑް، ސްޕޮޓިފައި އަދި އެޕަލް މިއުޒިކް ހިމެނެއެވެ.
24 ގަޑިއިރާއި ފަސް ދުވަހާއި 10 ދުވަހާއި 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭ މި އެޑް-އޮންތަކުން ކަސްޓަމަރުންނަށް ބޭނުން ޕެކޭޖެއް އިހްތިޔާރު ކުރެވޭނެ އެވެ.
ޕެކޭޖް ވެލިއުސް އާރްބީގައި ދައްކާނެ ކަމަށާއި ގަންނައިރު އާރްބީ ބެލެންސް އިން އެ އަދަދު އުނިކުރާނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު އެޕް މެދުވެރިކޮށް ބެލެންސް ޗެކް ކުރެވޭއިރު، 727 އަށް އެސްއެމްއެސް އެއް ނުވަތަ ހަމައެކަނި ކީ އިން *142# އަށް އެސްއެމްއެސް އެއް ފޮނުވައިގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ޕެކޭޖް ގަތުމުގެ ކުރިންނާއި ފަހުން ވެސް ހުރިހާ ކަސްޓަމަރުންގެ ކޯރ ބެލެންސް ޗެކް ކުރުމަށް އިލްތިމާސް ކުރެވެއެވެ.
މަމެން ތައާރަފްކުރީ ރިވޮލިއުޝަނަރީ ޑިޖިޓަލް ޔޫތު އޮފަރިންގ އެއްގެ ގޮތުގައެވެ. ރާއްޖޭގައި ފުރަތަމަ އަދި ކަސްޓަމަރުންނަށް ޑޭޓާ، ވޮއިސް ނުވަތަ ޓެކްސްޓް މެސެޖިންގ ބޭނުންތައް މެނޭޖްކުރުމުގައި ފުރިހަމަ ފްލެކްސިބިލިޓީ އެއް ލިބި، ހެޔޮ އަގެއްގައި ބޭނުންކުރުމުގެ މިނިވަންކަން ލިބި، ކަސްޓަމަރުންނަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދިއުމުން، އެކަން ވަގުތުން ވަގުތަށް މަގުބޫލުވެގެން ދިޔައެވެ.
ދިރާގުން ދަނީ ޒުވާނުންގެ ހުށަހެޅުންތައް އިތުރުކޮށް، ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެމުންނެވެ.