ދީން

ހަވާނަފްސަށް ތަބައުވުމާއި އެއަށް އަޅުކަން ކުރުން (ދެވަނަބައި)

އަދި އިބްނުލް މުންޛިރު، އިބްނު އަބީ ޙާތިމް އަރިހުން އިބްނު ޢައްބާސް އަރިހުން މިއާޔަތާއި މެދު ރިވާކުރެއްވިއެވެ: ”ﷲ ގެ ހިދާޔަތެއް، ބުރުހާނު ދަލީލެއް ނެތި އެމީހެއްގެ ދީން ނަގާ ކާފަރުގެ ވާހަކައެވެ.“

އިބްނު އަބީ ޝައިބާ އަދި އިބްނުލް މުންޛިރު އަދި އިބްނު އަބީ ޙާތިމް، އަލްޙަސަން ގާތުން ރިވާކުރެއްވިއެވެ: ”އޭނާގެ ހަވާ ނަފުސު އެއްޗަކަށް ނޭދެޔޭ ދެން އެޔަކަށް އޭނާ ތަބަޢުވާ ގޮތުގައި މެނުވީ“ މިއެވެ.

އަދި ޢަބްދު ބުނު ޙުމައިދު އާއި އިބްނު އަބީ ޙާތިމް، ޤަތާދާ އަރިހުން ރިވާކުރެއްވިއެވެ: ”އޭނާގެ ހަވާ ނަފުސު އެއްޗަކަށް އެދޭ އިރަށް އެޔަށް ސަވާރުވެއެވެ. އަދި ކަމަކަށް ޝަހުވަތްތެރިވާ އިރަށް އެއަށް ގާތްވެއެވެ. ވަރަޢަ ވެރިކަމެއް ވެސް ތަޤުވާވެރިކަމެއް ވެސް އޭނާ އެކަން ކަމުން ހުރަހެއް ނާޅުވައެވެ.“

ގުޅުންހުރި ލިޔުންތައް

ޢަބްދު ބުނު ޙުމައިދު، އަލްޙަސަން އަރިހުން ރިވާކުރެއްވިއެވެ: އެކަލޭގެފާނަށް ބުނެވުނެވެ:  ޤިބުލައިގެ އަހުލުން ތެރޭ ޝިރުކު ވޭ ހެއްޔެވެ؟ ވިދާޅުވިއެވެ: ”އާއެކެވެ. މުނާފިޤަކީ މުޝްރިކެކެވެ. ހަމަކަށަވަރުން މުޝްރިކު ސަޖިދަ ކުރާނީ ﷲ ފިޔަވައި އިރާއި ހަނދަށެވެ. އަދި ހަމަކަށަވަރުން މުނާފިޤަކީ ހަވާ ނަފުސުގެ އަޅެކެވެ. ދެން މިއާޔަތް ކިޔަވައި ވިދާޅުވިއެވެ…“

އައްޝަންޤީޠީ ވިދާޅުވިއެވެ:  ”މިއާޔަތުގެ މައްޗަށް ޢިލްމުވެރިން ޛިކުރުކުރެއްވި ބަސްފުޅުތަކުގެ މައްޗަށް ޢަމަލު ކުރުން ލާޒިމުވެގެންވާ ގޮތަކީ، އެކަންކަމަށް އަމުރުވެވިފައިވާ އެންމެހާ ކަމެއް، އެ ޢަމަލެއް އަމުރުކުރެއްވި، އަޅުވެތިވެވޭ ފަރާތް جل وعلا އަށް ކުއްތަން ކުރެވިފައި ވުމެވެ. އެހެންކަމުން އެ އެންމެހާ ޢަމަލަކީ ހަވާނަފުސަށް ކުއްތަން ކުރެވިފައިވާ އެއްޗެއް ނަމަ،  އޭނާގެ ޚާލިޤު އޭނާ މައްޗަށް ޙައްޤު ކުރެއްވި އެންމެހާ އަޅުކަމަކާއި ކިޔަމަންގަތުމެއް އޭނާގެ އަމިއްލަ ހަވާނަފުސަށް އަނބުރާލައިފިއެވެ. އެހެންކަމަށް ވެއްޖެ ހިނދު، ވަރަށް ސާފުވެގެންވާ ފަދައިން އޭނާ އެވަނީ އޭނާގެ ހަވާނަފުސު އިލާހެއް ކަމުގައި ނަގައިފައެވެ.“

— މިއާޔަތުގެ ޝަރަޙައިގެ މައްޗަށް އިސްލާމް: ސުވާލާއިޖަވާބުން އަލިއަޅުވާލެވުނު މިންވަރު މިހިސާބަށް ނިމުނީ⁽⁴⁾

”އަދި ކުފުރަށް ނުވާ ފާފަތަކަކީ، އެއީ އިސް ތިރި ކުރުމާއި، ދޮގާއި، ރާބުއިމާއި، މިޔުޒިކީ ލަވަ އަޑު އެހުން އަދި މިފަދަ ކަންކަން، ފަހެ މިއީ އުރެދުމުގެ ތެރެއިން ހިމެނޭ ފާފަތަކެވެ. އަދި އެކަން ކުރާ މީހަކީ ﷲ އާއި ރަސޫލާ އަށް މުއުމިނުވެ ތެދު ކުރާ މުސްލިމެއް ނަމަ، އަދި އެކަން ކުރަނީ އެކަން (ޙަރާމް ކަމުގެ އަމުރު ދަނެހުރެ) ޙަލާލު ނުކުރާ ޙާލުގައިނަމަ، އޭނާގެ މައްޗަށް ވަނީ އެއުރެދުމަކާއި އެއްފަދަ ޙުކުމެވެ. ބޮޑުފާފައެއް އަދި ކުޑަ ފާފައެއްގައިވިޔަސް އެވެ. އެހެނަސް މި އުރެދުމަށް އަރައިގަތުމުގެ ސަބަބުން އެކަންޏެއް އޭނާ ކުފުރެއް ނުކުރެވޭނެއެވެ. އެއީ ބޮޑު ފާފައަށް ވިޔަސް އެވެ. އަދި މިއީ أهل السنة والجماعة ގެ ޢަޤީދާއެވެ. އެކަން ކުރީ އަމިއްލަ ހަވާ ނަފުސަށްޓަކައި ވިޔަސް އެވެ. ނުވަތަ އެހެން މީހަކަށް ދެއްކުމަށްޓަކައި ވިޔަސް އެވެ. ނުވަތަ އަނެކެއް ފުށުން މޮޅެއް ހޯދުމަށްޓަކައި ވިޔަސް އެވެ. އަދި މިކަހަލަ މިފަދަ މަޤުޞަދުތަކާއި ހަވާނަފުސުގެ އެދުންތަކަށް ވިޔަސް އެވެ.“⁽⁵⁾

އިބްނު ޢަބްދުލް ބައްރު رحمه الله ވިދާޅުވިއެވެ: ”އެބޭކަލުންނީ ފިޤުހާއި އަޘަރުގެ ޢިލްމުވެރިންން ކަމުގައިވާ، أهل السنة والجماعة އިއްތިފާޤުވެފައި ވާގޮތުން، ކިތައްމެ ބޮޑުވިޔަސް އެމީހެއް ކުރާ ފާފައެއް ގެ ސަބަބުން އެއްވެސް މީހެއް އިސްލާމް ކަމުން ބޭރެއް ނުވާނެތެވެ.“ — التمهيد ( 17/22 )

އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله تعالى ވިދާޅުވިއެވެ: ”އަދި މުސްލިމުންގެ އިމާމުން، ހަތަރު މަޛުހަބުގެ އާއި އެނޫން ބޭކަލުން، އަދި އެއީ އެންމެހާ ޞަޙާބީންނާއި އެބޭކަލުންނަށް ހެޔޮގޮތުގައި ތަބައުވި ތާބިޢީންނާއި އެކުމެ، އިއްތިފާޤުވެލައްވާފައިވާ ފައި ވަނީ، ހަމައެކަނި ފާފަ އަކާއި ހެދި މުއުމިނެއް ކާފަރެއް ނުވާނޭ ކަމުގެ މައްޗަށެވެ.“ —مجموع الفتاوى ( 6 / 479 )

އަދިވެސް އެކަލޭގެފާނު رحمه الله تعالى ވިދާޅުވިއެވެ:

”އަހަރެމެން މިފަދައިން ބުނާނަމަ: އަހުލުއް ސުންނަތް ފާފައިގެ މައްޗަށް ކާފަރެއް ނުކުރެތޭ — ފަހެ އެބަހުން އަހަރެމެންގެ މުރާދަކީ، ޒިނޭ އާއި ރާބުއިން ފަދަ (ކުފުރަށް ނުވާ) ފާފަތަކެވެ.“ —مجموع الفتاوى” ( 7 / 302 )

(ނުނިމޭ)

_______

⁽⁴⁾ އިސްލާމް ސުވާލާއި ޖަވާބު

⁽⁵⁾ އިސްލާމް ސުވާލާއި ޖަވާބު

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close