ދީން

އުއްމީދު ކުރާށެވެ.

{قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعاً}

(ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެެވެ.)

❞ އޭ ފަހެ ފާފަވެރިޔާއެވެ — އަދި އަހަރެމެން ތެރެއިން ކޮންމެ އެކަކީ އޭގެތެރެއިންވާ މީހެކެވެ — ތިބާގެ ނުބައި ޢަމަލުތަކާ ހެދި، ﷲ ގެ ރަޙުމަތުން އުއްމީދު ކަނޑާ ނުލާށެވެ. އެހެނީ ފަހެ ތިބާފަދަ ކިތައް މީހުން މިދުވަސްތަކުގައި ނަރަކައިން މިންޖު ކުރެވޭ ހެއްޔެވެ؟ ވީމާ ތިބާގެ ވެރިފަރާތާއި މެދު ހެޔޮކޮށް ހީކުރާށެވެ. އަދި އެއިލާހަށް ތަޥްބާށެވެ. އެހެނީ އެކަން ﷲ ގެ މައްޗަށް ލެއްވެވުން ނެތި ނުދެއެވެ. އެހެނަސް ނެތިގޮސްފި ބަޔަކަށް މެނުވީއެވެ. (އެބަހީ މަރެވެ.)

ގުޅުންހުރި ލިޔުންތައް

(ޅެން)

إذا أوجعتك الذنوب فداوها …
ފާފައިގެ ސަބަބުން އަޅާނަމަ ވޭން ބޭސްކުރާށި އެއަށް…
برفع يد في الليل والليل مظلم
ރޭނގަނޑު އަދި ދަންވަރުގެ އަނދިރީގައި އަތް އުފުލައިގެން ތިބާ

ولا تقنطن من رحمة الله إنما …
ﷲގެ ރަހުމަތުން ނަމަނަމަ ނުކަނޑާށި އުއްމީދު ތިބާ، ހަމަކަށަވަރުން…
قنوطك منها من ذنوبك أعظم
އެއިން އުއްމީދުކެނޑުން ވަނީ މާސިންގާ ފާފައިގެ ތެރޭން ތިބާ

فرحمته للمحسنين كرامة …
އެހެނީ (ހެޔޮ ޢަމަލުގެ) މުޙްސިނުންނަށް އެއިލާހުގެ ރަޙުމަތަކަށް ވަނީ ކަރާމަތޭ (އެބަހީ: ޢިއްޒަތް ކުރެއްވުމޭ)…
ورحمته للمذنبين تكرم
އަދި ފަހެ ފާފަވެރިންނަށް އެއިލާހުގެ ރަޙުމަތަކަށް ވަނީ تَكَرَّم އޭ (އެބަހީ: ދީލަތިވެލެއްވުމޭ — ތަޥްބާލައްވަވައި) ❝

— އިބްނު ރަޖަބް އަލްޙަންބަލީ (رحمه الله)
މަޞްދަރު: ލަޠާއިފުލް މަޢާރިފި ޞ. 375

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close