ޚަބަރު

ރައީސްސޯލިހުގެ ސަރުކާރުން އިންތިޚާބު ކާމިޔާބުކުރީ ރައްޔިތުން ލޮލުގައި އަނދުން އަޅުވައިގެން – ޣައްސާން

ރައީސްސޯލިހުގެ ސަރުކާރުން 2018  ވަނަ އަހަރުގެ ރިޔާސީ އިންތިހާބު، ކާމިޔާބު ކުރީ ރައްޔިތުންނަށް ދޮގު ހަދައިގެން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ގދ.ގައްދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ރައްޔިތުންނަށް އެތައް ވައުދެއްވެ، ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ވީ ވައުދުތައް ފުއްދާދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ސަރުކާރުން ވަކި ބައެއްގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާއިރު، އެބަޔަކަށް ވުރެ ދިވެހީންނަކީ ދަށް ބައެއް ކަމަށް ދެކޭ ކަމަށެވެ.

“ދިވެހިން ކައިބޮއެ އުޅޭނީ އެބަޔަކު ދިނީމަ ކަމަށް ގަބޫލުކޮށްގެން، އަޅުވެތިކަމާ ދިމާލަށް އަޅުގަނޑުމެންގެ މި ގައުމު ގެންދަނީ ކީއްވެގެންބާއޭ އަޅުގަނޑު ހިތަށް އަރާ.” ޣައްސާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ އަކީ ކިތަންމެ ބިންކޮޅު މަދު، އަދި އަސްކަރީ ގޮތުންނާއި އިޖްތިމާއީ ގޮތުން ނިކަމެތި ބަޔަކަށް ވިޔަސް، ދިވެހީންނަކީ ވަރަށް ފަހުރުވެރި ބައެއް ކަމަށެެވެ. މާތް ރަސްކަލާނގެ ދިވެހީންނަށް ރިޒްގު މިންވަރު ކުރައްވާހާ ހިނދަކު، ބަޔަކަށް ބަރޯސާ ނުވެ ދިވެހީން އެ ރިޒްގު ހޯދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއް ކޮމެންޓް

  1. ދަންނަވަންތޯ 2008 ވަނަ އަހަރުވެސް އެމްޑީޕީ ވެރިކަން ހޯދީ ޑާޓާބޭސްތަކާއިކުޅެ ވޯޓްތަށް އޮޅުވައިލާ ބޮޑެތިމަކަރުހަދއަގެން އެފަފަބަޔަކު އަބަދުވެސް ދޮގުހަދާ އޮޅުވައިލުންތަށް އޮޅުވައިލައިގެން ވެރިކަމަށްއަންނަނީ ވަރަށް ވަރަށް ސާފްއިނގޭތޯ

  2. Kaley bappa 30 aharu verikan kury rayyithun gunboa hahdhaigen e noon meehakah vote keekuran kurimathives nulevey varu kohgen. Sihuru haahoora hadhaigen. Ehen bunela bala kerenyyaa.

  3. ކަލޯގެ ބައްޕަ 30 އަހަރު ކުޑަކާފު ބޮޑުކާފު ޖެހި ދުވަސް މިހާރު ހަނދާން ނެތުނީތަ ނައިފަރު ދޮހޮއްކޮ މިނޫން މިމައުމޫނު ނޫން ވެރިކަމެއް ދެކިލަން ބޭނުމޭ ބުނީމަ އެބޭ ގެންގޮސް ޖަލުގައި ބޭއްވީ އެވާހަކަ ދައްކަބަލަ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close