ޚަބަރު

ރާއްޖެއިން 8000 ށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް ފައްސިވެއްޖެ

ރާއްޖެއިން 8000 ށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ. އެޗްޕީއޭއިން އާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ރޭ އިރުއޮއްސުމާހަމައަށް ރާއްޖެއިން ކޯވިޑް ޖެެހުނު މީހުންގެ ޖުމުލަ އަދަދަކީ 8003 އެވެ. އެޗްޕީއޭއިން ވިދާޅުވެފައިވާ ގޮތުން އިއްޔެ ވެސް ރާއްޖެއިން އިތުރު 199 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ރާއްޖެއިން އިއްޔެ ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 145 ދިވެހިންނާއި ބަންގްލަދޭޝްގެ 42 މީހަކާއި އިންޑިއާ 5 މީހަކާއި ލަންކާ 3 މީހަކާއި، އެމެރިކާ ދެ މީހެއްގެ އިތުރުން ޗައިނާ މީހަކާއި ޖަޕާނަށް ނިސްބަތްވާ މީހެކެވެ.  މި މީހުންގެ ތެރެއިން 168 މީހުންނަކީ މާލެ ސަރަހައްދުން ފައްސިވި މީހުންނެވެ. އަނެއް 33 މީހުންނަކީ ރަށްރަށާއި ރިސޯޓުން ފައްސިވި މީހުންނެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 5265 މީހަކު ބަލި ފަސޭހަވެފައިވާއިރު ބަލި ފަސޭހަ ނުވެ ތިބީ 2703 މީހެކެވެ. މީގެ ތެރެއިން 162 މީހުންނަކީ ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދާ މީހުންނެވެ.

މި ބަލީގައި މިހާތަނަށް 29 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 24 ދިވެއްސަކާއި ފަސް ބިދޭސީއެކެވެ. މީގެ އިތުރުން ރާއްޖޭގައި ސިއްޙީ އެހެން ހާލަތްތަކުގައި ނިޔާވި ބައެއް މީހުންވެސް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close