އައްޑޫ ސިޓީން މިއަދުވެސް ގިނަބަޔަކު ޕޮޒިޓިވް ވެއްޖެ
އައްޑޫ ސިޓީން މިއަދު ގިނަބަޔަކު ޕޮޒިޓިވް ވެއްޖެއެވެ. އެގޮތުން މިއަދު އިތުރު 18 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އައްޑޫ ސިޓީ ހޮސްޕިޓަލުންވަނީ ހާމަކޮށްފައެވެ.
އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 18 ކޭސްގެ ތެރެއިން 8 ކޭސް ފެނިފައިވަނީ މަރަދޫފޭދޫން ކަމަށްވާއިރު، ހަ ކޭސް މަރަދޫ އިން އަދި ހަތަރު ކޭސް ފޭދޫ އިން ފެނިފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ 15 ޑައިރެކްޓް ކޮންޓެކްޓުންނާއި، ފްލޫ ސާމްޕަލްގެ އިތުރުން ދެ ރެންޑަމް ސާމްޕަލް އެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 83 ކޭސް އުޅޭއިރު، ހިތަދޫގައި 11 ކޭސް، ފޭދޫގައި އެކްޓިވް 11 ކޭސް، މަރަދޫފޭދޫގައި 37 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 142 އަށް އަރާފައެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 586 މީހުން ރަނގަޅުވެފައިވާއިރު، ދެ މީހަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.

