ޚަބަރު

ދީނީ ހޭލުންތެރިކަން ފެތެރުމަށް އެއްބާރުލުން ދިނުމަށް މަޑަވެލި ކައުންސިލާއި ސަލަފް ޖަމްޢިއްޔާ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

ދީނީ ހޭލުންތެރިކަން ފެތުރުމުގައި އެއްބާރުލުން ދިނުމަށް ގދ މަޑަވެލި ކައުންސިލާއި ޖަމްޢިއްޔަތުއްސަލަފާއި ދެމެދު ފަހުމު ނާމާ ( އެމް.އޯ.ޔޫ) އެއްގައި ސޮއި ކޮށްފިއެވެ.

ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން މިހަފުތާގެ ބަންދުގައި ގދ މަޑަވެއްޔަށް ދީނީ ޕްރޮގުރާމުތަކެއް ހިންގުމަށް ކުރި މި ދަތުރުގައި ގދ މަޑަވެލި ކައުންސިލާއި ޖަމްޢިއްޔަތުއް ސަލަފާއި ގުޅިގެންވަނީ ގިނަ ދީނީ ޕްރޮގުރާމުތަކެއް ކުރިޔަށް ގެންގޮސްފައެވެ.

އެގޮތުން މިސްކިތުގައި ދީނީ ދަރުސް ދިނުމުގެ އިތުރުން އެރަށުގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެންވަނީ އެރަށުގެ ސްކޫލުގައިވެސް ދަރުސެއް ބާއްވާފައެވެ.

އެރަށުގެ ސްކޫލުގައި ކުރިޔަށް ދިޔަ ޕްރޮގުރާމުގައި ސަލަފުގެ ޕްރޮޖެކްޓް މެނޭޖަރު އަޚް ޢަލީ ރަމީޒުވެސްވަނީ ޝައިޚް މުޖުޠަބާ ޙަމީދު އާއިއެކު ބައިވެރިވެލައްވާފައެވެ.

އެއް ކޮމެންޓް

  1. ކުރީގާމިގައުމުގާއެންމެތާއިދުބޮޑުބޭފުޅަކީ ރައިސްނަށީދޫ ނަމަވެސް އެބޭފުޅާގެވާހަކަފުޅު މިފަހަކަންއައިސް ހުންނަގޮތުން މިހާރުއެބޭފުޅާޔައް
    އެންމެތާއިދުކުރި މީހުންވެސް ވޯޓުދޭނެހެންހީޔެއްނުވޭ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close