ޚަބަރު

ހަރުކަށި ފިކުރާ ދެކޮޅަށްކަމަށްބުނެ އެސެމްބްލީ ތަކުގައި މިއުޒިކާއެކު ލަވަޖެހުމުގެ ޝަކުވާ

ހަރުކަށި ފިކުރާ ދެކޮޅަށް ކަމަށްބުނެ ސްކޫލުގެ އެސެމްބްލީ ތަކުގައި މިއުޒިކާއެކު ލަވާ ޖަހާ ޝަކުވާތައް މުދައްރިސުންދަނީ ކުރަމުންކަމަށް ޝައިޚް ޢަބްދުﷲ ސައުދާން ވިދާޅުވެއްޖެއެވެ.

ޝައިޚް ސައުދާން މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވިޓެއްގައެވެ.

ސްކޫލުގެ އެސެމްބްލީ ތަކުގައި މިއުޒިކާއެކު ލަވަ ޖަހަމުންދަނީ ސީދާ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެންކަމަށް ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުން ވިދާޅުވާކަމަށް ބައެއް މުދައްރިސުންނާއި ހަވާލާދީ ޝައިޚްގެ ޓްވީޓުގައި އެކަން ފާހަގަ ކުރައްވާފައިވެއެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން މާލޭ ސްކޫލެއްގެ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާވެސް ވިދާޅުވެފައިވަނީ ހަރުކަށި ފިކުރާ ދެކޮޅަށް އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭނީ ތަޢުލީމީ ނިޒާމުގެ ތެރެއިންކަމަށެވެ.

އަދި މީގެ ކުރިން ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ މިއުޒިކް ހުއްދަކުރާ މެދުމިނުގެ ދީނެއް ބޭނުންވާކަމަށް ވިދާޅުވެ ޓްވީޓުވެސް ކުރައްވާފައެވެ..

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close