ޚަބަރު

ރިޔާސީ އިންތިޚާބާ ހިލާފަށް މަޖިލިސް އިންތިޚާބުގައި ބަހައްޓާ ފޮށީގެ އަދަދު ގިނަ

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި 501 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވާގޮތުގައި މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި 144 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އެގޮތުން މާލޭގައި 121 ވޯޓު ފޮށި، ހުޅުމާލޭގައި 15 ވޯޓު ފޮށި، ވިލިމާލޭގައި އަށް ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ބުންޏެވެ. އެއީ މާލޭގެ ރައްޔިތުންނާއި ދަފްތަރާއި އަތޮޅުތެރޭގެ ރައްޔިތުންނަށް ހާއްސަ ފޮށިތަކެވެ.

މީގެއިތުރުން ސިނާއީ ސަރަހައްދުގައި ހަތަރު ވޯޓު ފޮށި، ރިސޯޓުތަކުގައި 33 ވޯޓު ފޮށި، ރާއްޖެ އިން ބޭރުގައި އަށް ވޯޓު ފޮށި، އަތޮޅުތެރޭގެ ރަށްތަކުގައި 357 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ބުންޏެވެ. އަދި ޖަލުތަކުގައި ފަސް ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ވަނީ ލިބިފަ އެވެ. އިންތިޚާބުގައި 393 ކެންޑިޑޭޓުން ވާދަކުރައްވާނެ އެވެ.

މަޖިލިސް އިންތިޚާބުގައި ކޮންމެ ވޯޓު ފޮއްޓަކަށް ގިނަވެގެން ވޯޓުލާނީ 1،000 މީހުންނެވެ. އެހެންވެ، ރިޔާސީ އިންތިޚާބާ ހިލާފަށް މަޖިލިސް އިންތިޚާބުގައި ބަހައްޓާ ފޮށީގެ އަދަދު ވަރަށް ބޮޑު ތަން އިތުރެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close