ޚަބަރު

ޕްރޮފެސަރ އުގެއިލް ސިޔާސީ މައިދާނަށް

ދިވެހިރާޢްޖޭގައި މިވަގުތު ހުރި އެންމެ ފުންނާބުއުސް ސައިންސްވެރިޔާ ޕްރޮފެސަރ އުގެއިލް ސިޔާސީ މައިދާނަށް ނުކުމެވަޑައިގަންނަވަން އުޅުއްވާ ކަމުގެ އިޝާރާތެއް ކުރައްވައިފިއެވެ.

ރ.މީދޫ ޒުވާނުންގެ އުންމީދު ޖަމިއްޔާއިން ކުރިޔަށް ގެންދާ އުންމީދީ ސައްލާގެ 3 ވަނަ ޕްރޮގްރާމުގައި ހާއްސަ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން އުގެއިލް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް އޭނާ އަކީ ދިވެހިންނާއި ދުރުގައި ހުންނަ މީހެއް ނޫން ކަމަށެވެ.

ދިވެހި ކުދިންނަށް ކިޔަވައި ދިނުމާއި އެކިއެކި ޖަމިއްޔާ ޖަމާއަތްތަކަށް އިލްމީ އެހީތެރިކަން އަބަދުވެސް ފޯރު ކޮށްދެއްވާކަން ފާހަގަކުރައްވާ އުގައިލް ވިދާޅުވީ، ގައުމަށް ޚިދުމަތްކުރުމުގައި ކުރިޔަށް އޮތް ތާނުގައި އޭނާ ސިޔާސީ މައިދާނުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އުގެއިލް ވިދާޅުވީ ގައުމު ބިނާކުރުމުގައި ތަޢުލީމީ މީހުންނަށް އިސްކަންދޭން ޖެހޭކަމަށެވެެ. އަދި ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ދެނެގަނެ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި އެންމެންނަށް ހަމަހަމަ އިންސާފުވެރި އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރުން މުހިންމު ކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އުގައިލް ވާދަކުރައްވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރުނެވެ.

އެއް ކޮމެންޓް

  1. މަރުޙަބާ ޕްރޮފެސަރ ހަސަންއުގައިލް
    ތައުލީމީ ޒުވާނުންގެ ޚިދުމަތް ދިވެހިރާއްޖެއަށް އިންތިހާއަށްބޭނުންވޭ ތަނެއްތަރައްގީވެކުރިއަރާނީ އެފަދަފަރާތްތަކުން އިޚްލާޞްތެރި ޚިދުމަތްލިބިގެން ޕްރޮފެސަރ ގެ މިއިޝާރާތަކީ އަޅުގަނޑުވަރަށްއުފާވި އަދި ހިތަށްވަރަށްފިނިކަން އަހްޞާޞްކުރެވިގެންދިއަކަމެއް…

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close