ޚަބަރު

ކުޅުދުއްފުށީގައި ކޮވިޑް ޖެހުނު ކުއްޖަކު ހާލު ދެރަވެ ފުނަދޫއަށް ބަދަލުކުރަނީ

ކުޅުދުއްފުށީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 އަހަރުގެ ކުއްޖަކު ހާލު ދެރަވެ ށ ފުނަދޫ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗުން) ހާމަކޮށްފި އެވެ. ކޭއާރުއެޗުން ބުނީ އެ ކުއްޖާ ފެސި؛ލިޓީއަށް މިއަދު ހަވީރުގެ ވަގުތެއްގައި ފޮނުވާލެވޭނެ ކަމަށެވެ.

ޖުލައި މަހުގެ 29 ވަނަ ދުވަހު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިކުއްޖާ ޕޮޒިޓިވްވެފައިވާއިރު މި ކުއްޖާއަކީ ހައި ރިސްކު ޕޭޝަންޓެކެވެ. 13 އަހަރުގެ މި އަންހެން ކުއްޖާ އަކީ ކުރިން ޕޮޒިޓިވްވި ކޭސްއެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.

ކޭއާރުއެޗުގެ ކްލިނިކަލް ސާވިސަސްގެ ހެޑް އަދި އެތެރެ ހަށީގެ ހާއްސަ ޑރ. މުހައްމަދު ނަޒީފް އާއި ހަވާލާދީ ކޭއޯ އޮންލައިންގައި ބުނެފައިވަނީ އެ ކުއްޖާގެ ފަރާތުން ހުން އައުމާއި ނޭވާއަށް އުދަނގޫވުން ފަދަ އަލާމާތްތައް ފެންނަމުދާ ކަމަށެވެ. އަދި މިއަދު ހަވީރުގެ ވަގުތެއްގައި އެކުއްޖާ ށ. ފުނަދޫ ފެސިލިޓީއަށް ފޮނުވާލާނެކަމަށްވެސް ނަޒީފު ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close