ޚަބަރު

ކަންކަމަށް ވަކިގޮތެއް ނުނިމެނީސް އެނބުރި ރާއްޖެ ދިއުން ރަނގަޅެއް ނުން – ނަޝީދު

މެއި ހަވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާގެ މައްސަލަ ކޮޅެއްގައި ނުޖެހެނީސް ރާއްޖެ ވަޑައިގަތުމުގެ ވިސްނުންފުޅު ނެތް ކަމަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހިދުމަތްތަކާއި ގުޅޭ ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓްގައި ދީފައިވާ ލަފާއަށް އަމަލުކުރުމުގެ ކުރިން ނަޝީދު ރާއްޖެއަށް ވަޑައިގަތުމަކީ އެހާ އެދޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.

މިވާހަކައަށް ތާއީދުކޮށް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެއީ އަބަދުވެސް އެމަނިކުފާނު ވިސްނާނެ ކަމެއް ކަމަށް ފާހަގަކުރައްވާފައެވެ.

“އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުވެސް އެމްޑީޕީ ދެކޭ ގޮތާއި ގުޅޭގޮތުން ވިސްނާނެ”.ނަޝީދު ވިދާޅުވިއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close