ޚަބަރު

ވެކްސިން ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ސުކޫލުތަކަށް ނުވަދެވޭނެ

އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހާ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެހެންކަމުން އަންނަ މަހުން ފެށިގެން ވެކްސިން ނުޖަހާ ޓީޗަރުންނާއި، އެހެނިހެން މުވައްޒަފުންނާއި، ވެކްސިން ޖެހޭ އުމުރުގެ ސްކޫލްގެ ދަރިވަރުންގެ އިތުރުނއް ބެލެނެވެރިންނަށް ސްކޫލަށް ވަދެ ނުކުތުން މަނާ ވާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދެންމެ ކުރި އިއުލާނެއްގައި ވިދާޅުވީ، ދަރިވަރުންގެ ކިޔެވުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށާއި، ކޮވިޑް އިން ރައްކާތެރިވުމަށް ސްކޫލް ތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައި ވާ ކަމަށެވެ.

“ދަރިވަންގެ ރައްކާތެރިކަމަށްޓަކައި، ހުރިހާ ފަރާތްތަކުންވެސް ވެކްސިންގެ ޑޯޒްތައް ވީހާވެސް އަވަހަށް ފުރިހަމަ ކުރުމަށް އިލްތިމާސް ކުރަމެވެ”. އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ވެކްސިން ފުރިހަމަ ކުރެވިފައިވާ ކަމަށް ބަލަނީ، ވެކްސިންގެ ދެ ޑޯޒް ހަމަކޮށް 14 ދުވަސް ވުމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close