ގެއްލިގެން ހޯދަމުން ދިޔަ ނައުފަލު ފެނިފައިވަނީ މާލެއިން
މީގެ ތިން ދުވަސް ކުރިން ފެށިގެން އާއިލާއަށް އެއްވެސް ހަބަރެއް ނުވުގެން ހޯދަމުން އައި އދ. ކުނބުރުދޫ އުމުރުން 26 އަހަރުގެ އަހްމަދު ނައުފަލް ފެނިއްޖެކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި މީގެ ތިން ދުވަސް ކުރިން ފެށިގެން އާއިލާއަށް އެއްވެސް ހަބަރެއް ނުވުގެން ހޯދަމުން އަންނަ އދ. ކުނބުރުދޫ އުމުރުން 26, އަހަރުގެ އަހްމަދު ނައުފަލް ފެނިއްޖެ ކަމަށެވެ.
ސައިން އޮންލައިން ރިޕޯރޓުކޮށްފައިވާ ގޮތުގައި ނައުފަލު ފެނިފައިވަނީ ފެނުނީ ޗާންދަނީ މަގު ރޮމްބަސް ފިހާރަ ކުރިމަތިން ކަމަށެވެ.
ސަން އިން ރިޕޯރޓުކޮށްފައިވާ ގޮތުގައި ނަފަލްގެ ޚަބަރެއް ނުވީ އޭނާގެ ފޯނު މައްސަލަ ޖެހިގެން ކަމަށް އާއިލާ މެމްބަރު ބުނިކަމަށެވެ.
“ނައުފަލް ފޯނުން އާއިލާއަށް ގުޅާފަ މިއަދު ބުނީ މި ހުރީ ރޮމްބަސް ފިހާރަ ކުރިމަތީގަ ކަމަށް. ޚަބަރެއް ނުވީ ފޯނު ހަލާކު ވެގެން ކަމަށް ބުނި. މިހާރު ނައުފަލް ހުރީ އާއިލާ ކައިރީގަ. ހާލު ރަނގަޅު. އިތުރު މައުލޫމާތު މިވަގުތު ދެވޭކަށް ނެތް،” އާއިލާގެ މެމްބަރު ބުންޏެވެ.


