ސަލަފުގެ ފަރާތުން އޮންލައިންކޮށް ސަމަރ ކޭމްޕެއް ބާއްވަނީ
ރާއްޖޭގައި އޮތް އެންމެ ބޮޑު ދީނީ ޖަމްޢިއްޔާ ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން އޮންލައިންކޮށް ސަމަރ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.
ނާރެސްއަށް މަޢުލޫމާތު ލިބޭގޮތުގައި މި ސަމަރ ކޭމްޕް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އޯގަސްޓުމަހުގެ 1 ން 5 ކަށެވެ.
ޢުމުރުން 12 އަހަރާއި 15 އަހަރުގެ ކުދިންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލައިފައެވެ.
މި ކޭމްޕުގައި ބައިވެރިވުމަށް އެދި ފޯރމް ހުށަހެޅުމުގެ ފުރުޞަތު އޮންލައިންކޮށް ހުޅުވާލައިފައިވާއިރު، މި ފަހަރުގެ ކޭމްޕުގައި ކުރިޔަށްދާނީ ޖަމްޢިއްޔަތުއް ސަލަފުގެ ޕްރޮޖެކްޓް މެނޭޖަރ އަލްއަޚް ޢަލީ ރަމީޒުގެ ލައިފް ސްޓޯރީއާއި ބެހޭގޮތުން ކަމަށް ނާރެސްއަށް މަޢުލޫމާތު ލިބެއެވެ.

