ޚަބަރު

ޕެގަސަސް ސްޕައިވެއަރ އިޒްރާއީލުން ބޭރުކުރުން ހުއްޓައިލަން ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ގޮވާލައިފި

ޕެގަސަސް ސްޕައިވެއަރ އިޒްރާއީލުން ބޭރުކުރުން ހުއްޓައިލަން ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ގޮވާލައިފިއެވެ.

ސަރުކާރުތަކަށް އެކަނި ވިއްކާކަމަށް ބުނެފައިވާ އެންއެސްއޯގެ އެންމެ އަގުބޮޑު ސޮފްޓްވެއަރ ޕެގަސަސް ބޭނުންކޮށްގެން ފޯނުތަކުގެ ވެރިންނަށް ނޭންގި ފޯނު ހެކުކުރެވެއެވެ. މީގެން އެ މީހަކު ހުންނަ ތަނާއި، ފޯނުން ކުރާ ހުރިހާ ޒާތެއްގެ މުޢާމަލާތްތައް ބަލައި، އޭގެ ކެމެރާ އާއި މައިކްރޮފޯނު އޮން ކޮށްގެން ދައްކާ ވާހަކަ އަޑު އެހުމާއި ކުރާ ކަންތައްވެސް ބެލެއެވެ.

މި ސޮފްޓްވެއަރ އަކީ ފައިސާއަށް ވިއްކާ އެއްޗެއްކަމުން ސަރުކާރުތަކަށް އެކަނި ވިއްކާނެ ކަމަށް ބުނެފައި އޮތަސް، ބޮޑަތި ކުންފުނިތަކުގެ މަހުޖަނުން އެހެން ކުންފުނިތަކަށް ޖާސޫސްކުރުމަށް ބޭނުން ކުރުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

މި ސޮފްޓްވެއަ ބޭނުންކޮށްގެން ހެކް ކޮށްފައިވާ ފަންސާސްހާސް މީހުން ހިމެނޭ ލިސްޓެއް މި ހަފްތާގައި ލީކްވެފައިވާއިރު، އޭގައި އެތައް ދައުލަތެއްގެ ވެރިންނާއި ނޫސްވެރިންނަށް ޖާސޫސްކުރިކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ.

(އަލްޖަޒީރާ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close