ޓޯކިޔޯ އޮލިމްޕިކްސްގައި ބައިވެރިވާ ރާއްޖޭގެ ޓީމް ފުރައިފި
މިމަހުގެ 23 ވާ ހުކުރު ދުވަހު ޖަޕާނުގެ ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރުތަކުގައި ބައިވެރިވާ ރާއްޖޭގެ އެތްލީޓުން ޖަޕާނަށް ދާން ފުރައިފި އެވެ.
މި މުބާރާތުގައި ރާއްޖެއިން ބައިވެރިވެފައިވަނީ އެތުލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިންގަ އެވެ.
ރާއްޖެއިން އޮލިމްޕިކްސްގައި ބައިވެރިވާ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް (މުންތޭ) އެވެ.
މިފަހަރުގެ އޮލިމްޕިކްސްގައި ސްވިމިންގައި ރާއްޖެ ތަމްސީލް ކުރާނީ މުބާލް އައްޒާމް އިބްރާހިމް އާއި އައިޝަތު ސާޖިނާއެވެ.
ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރަން ހަމަޖެހިފައިވާ ޓީމުގައި ހިމެނެނީ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް (ނަބާ) އެވެ.
މީގެ އިތުރުން އެތްލެޓިކްސްގައި ރާއްޖެ ތަމްސީލް ކުރާނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ.
މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާނީ ތަޖުރިބާކާރު ބެޑްމިންޓަން އޮފިޝަލް އަހުމަދު ޝިހާމް (ޕުޗު) އެވެ. އޭނާއަށް މި ފުރުސަތު ދިނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކޮށްފައިވާ މަސައްކަތްތައް ރަނގަޅު ވުމުން، އިންޓަނޭޝަނަލް ފެޑެރޭޝަނުން ނެވެ.

އޮލިމްޕިކްސް އިން ރަނގަޅު އެއްޗެއް ލިބޭތޯ ބަލާތި