މަލިކު ހިމެނޭ ސަރަޙައްދުގެ އައްސޭރިފަށުގައި ހުރި ގެތައް ތަޅާލަން ނިންމައިފި
އިންޑިއާއިން އަނިޔާވެރިކަން ދައްކަމުންދާ މަލިކު ހިމެނޭ ސަރަޙައްދުގެ އައްސޭރިފަށުގައި އެތަށް ޒަމާނެއް ވަންދެން ގެދޮރު އަޅައިގެން ދިރި އުޅެމުންދިޔަ ރައްޔިތުންގެ ގެދޮރުތައް ތަޅާލަން ނިންމާފައިވާ ނިންމުން ކެރެލާ ހައިކޯޓުން ދަމަހައްޓައިފިއެވެ.
މި ސަރަޙައްދުގައި 100 އަށްވުރެ ގިނަ ގެ އެބަ ހުއްޓެވެ. ގެތައް ނަގަން ނިންމާފައިވަނީ އެތަނުން ގިނަގެތައް އަޅާފައިވަނީ ޤަވާޢިދާ ޚިލާފަށްކަމަށްވެސް ބުނަމުންނެވެ.
މުސްލިމުންގެ އާބާދީ ބޮޑު މި ސަރަޙައްދުގައި ޓުއަރިޒަމް ތަޢާރަފު ކުރުމުގެ ނަމުގައި ދަނީ ގިނަގުނަ ލާއިންސާނީ ޤަވާޢިދުތަކެއް ހަދާ، އެ ސަރަޙައްދުގައި ދިރިއުޅޭ ޢާންމު ރައްޔިތުންގެ ޙައްޤުތައް ނިގުޅައި ގަންނަމުންނެވެ.
މިސަރަޙައްދުގައި ހިންގަމުންދާ ޖަރީމާތަކަށް ނުރުހުން ފާޅުކޮށް އުފުލަމުންދާ އަޑުތަކަށް އިންޑިއާގެ މައި ސަރުކާރުން ދަނީ ބީރު ކަންފަތެއް ދެމުންނެވެ. މަލިކުގެ އެކި ސަރަޙައްދު ތަކުގައި ހަރުކަށި ހިންދޫ ސަރުކާރުން ގެންދަނީ، ދުވަހެއް ދުވަހަކަށް އަނިޔާވެރިކަން އިތުރު ކުރަމުންނެވެ.
