ޚަބަރު

ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީޚެއް ކަނޑައަޅަނީ

ތުރުކީގެ ޓާމެކްސް ކުންފުންޏާއި ހަވާލުކޮށްގެން މާލޭ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީހެއް ކަނޑައެޅުމަށް އަންނަ ހަފްތާ ސައުދީ ސަރުކާރުގެ ވަފުދެއް ރާއްޖެ އަންނަ ގޮތައް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ސައުދީ ރަސްގެފާނުގެ އެހީގައި ޢިމާރާތްކޮށްފައިވާ ކިންގު ސަލްމާން މިސްކިތް ހުޅުވުމުގެ ތާރީޚެއް ކަނޑައެޅުމަށް ސަޢުދީ އަންނަން ހަމަޖެހިފައިވަނީ 3 މީހުންގެ ވަފުދެކެވެ.

1000 މީހުންނަށް ކުރެވޭގޮތަށް ޢިމާރާތްކޮށްފައިވާ ސަލްމާން މިސްކިތުގެ މަސައްކަތް މިދިޔަ އަހަރު ކުރީކޮޅު ނިންމައި ސަރުކާރާ ހަވާލު ކުރި ނަމަވެސް، އަދިވެސް އެ މިސްކިތް ވަނީ ނުހުޅުވި އެވެ. މިދިޔަ ރޯދަ މަހު ވަގުތީ ގޮތުން ވެސް މިސްކިތް ހުޅުވަން މަސައްކަތްކުރި އެވެ. ނަމަވެސް ފަހުން ބުނެފައިވަނީ ރޯދަ އަށް ވެސް ތަން ހުޅުވެން ނެތް ކަމަށެވެ.

ޒަމާނީ ފެންވަރަށް ޢިމާރާތްކޮށްފައިވާ މިސްކިތުގައި އަރާފޭބުމަށް ލިފުޓު ހަރުކޮށްފައިވާއިރު ލައިބްރަރީއަކާއި ކްލާސްރޫމްތަކުގެ އިތުރުން ސެމިނާ ރޫމްތައް ވެސް މި މިސްކިތުގައި ހުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close