ދީން

އެކި މީހުން ކުރިމަތިލާން ޖެހެނީ އެކި އިމްތިޙާނުތަކާއެވެ. (ހަވަނަބައި)

މުޞީބާތްތަކާއި އިމްތިޙާނުތަކުގައިވާ ބައެއް “މުހިންމު” ފައިދާތަކުގެ ތެރެއިން:-

  • މުޞީބާތް ޖެހިފައިވާ ފަރާތްތަކަށް ރަޙުމުކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބުން

ރަސޫލުﷲ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ މާނައީ ” މުއުމިނެއްގެ ކިބައިން ދުނިޔެވީ ދަތިކަމުގެ ތެރެއިން ދަތިކަމެއް ފިލުވައިދީފިމިހާ، ދަންނައެވެ. ޤިޔާމަތްދުވަހުގެ ދަތިކަމުގެ ތެރެއިން ދަތިކަމެއް، ﷲ އެމީހެއްގެ ކިބައިން ފިއްލަވާނެތެވެ.” (ޞަޙީޙް މުސްލިމް – 2699)

  • ނިޢުމަތުގެ އަގު ވަޒަންކޮށް ޝުކުރުވެރިވުން

އެހެނީ ނިޢުމަތްތައް ބީވެގެން ދިއުމުން މެނުވީ އޭގެ ޙަޤީޤީ އަގު ވަޒަން ނުކުރެވޭނެއެވެ.

  • ﷲ ސުބުޙާނަހޫ ވަތަޢާލާ މުޞީބާތްތަކުގެ ބަދަލުގައި ދަރުމައާއި ޘަވާބު އާޚިރަތުގައި ލައްވަވާފައިވުން

ދަރުމައާއި ޘަވާބު ދެއްވަވަނީ މުޞީބާތުގެ ގަދަފަދަ މިންވަރަށެވެ. ޖެހޭ މުޞީބާތް ބޮޑުކަމުގައިވާނަމަ، އެކަމުގެ ސަބަބުން ލިބޭ ޘަވާބު ބޮޑެވެ.

  • މުޞީބާތްތަކާއި އިމްތިޙާނުގައި ވަންހަނާވެފައިވާ ފައިދާތައް

ﷲ ތަޢާލާ ސޫރަތުން ނިސާގެ 19 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. فَإِن كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا ‎﴿١٩﴾‏ މާނައީ ” ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ (ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި اللَّه ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ.”

ފިރުޢައުނު ސާރާގެފާނު ހައްޔަރުކުރުމުގައި ފޮރުވިފައިވާ އެތަކެއް ފައިދާތަކެއް ވިއެވެ. އެކަމުގެ ސަބަބުން ސާރާގެފާނަށް ހާޖަރުގެފާނު ލިބިވަޑައިގަތެވެ. އަދި އެކަމަނާގެ ކިބައިން އިބްރާހީމްގެފާނަށް އިސްމާޢީލުގެފާނު ލިބިވަޑައިގަތެވެ. އެއީ، އެކަލޭގެފާނު މުސްކުޅި ޢުމުރުފުޅުގައި ލިބިވަޑައިގެންނެވި ފުރަތަމަ ދަރިކަލެވެ. އަދި އިސްމާޢީލުގެފާނުގެ ދަރިފަސްކޮޅުން، ނަބީބޭކަލުންގެ ސާހިބާ މުޙައްމަދު ﷺ ދުނިޔެއަށް އުފަންވެވަޑައިގަތެވެ. އިބްރާހީމްގެފާނާއި ސާރާގެފާނަށް ޖެހިވަޑައިގެންނެވި މުޞީބާތުގައި ފޮރުވިފައިވާ ހެޔޮކަމުގެ ބޮޑުކަމާއެވެ!

(ނުނިމޭ)

މި ލިޔުމުގެ އެހެނިހެން ބައިތައް ކިޔާލުމަށް

މިވެސް ބަލާ
Close