ޚަބަރު

ޤާނޫނުލް ޢުޤޫބާތަށް ސަރުކާރުން ހުށަހަޅާފައިވާ ދީނާދުރު އިސްލާޙާއި ދެކޮޅަށް މަޑުއްވަރީ ކައުންސިލުން ބަޔާނެއް ނެރެފި

ޤާނޫނުލް ޢުޤޫބާތަށް ސަރުކާރުން ހުށަހަޅާފައިވާ ދީނާދުރު އިސްލާޙާއި ދެކޮޅަށް މާޅޮސް މަޑުލު އުތުބުރީ މަޑުއްވަރީ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.

އިއްޔެ އެ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ދިވެހި ދަޢުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ލިޔެ ފާސްކޮށްފައިވީ ހިނދު، މި ޤާނޫނު އަސާސީގެ އިޙްތިޞާޞް ހިނގާ، މި ބިމާއި ޖައްވުގައި އިސްލާމްދީނަށް ކުޑައިމީސް ބަހެއް ބުނެވިގެން ނުވާނެކަމަށާއި އެފަދަ ޢަމަލެއް ހިންގިގެން ނުވާނެކަމަށް، މި ދިވެހި ލޭ ހިނގާ އެންމެހާ ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ. ހަމަ އެފަދައިން ދިވެހިންގެ ދީނާއި ކުޅެ، ދީނާއި ގުޅުވާ ސަމާސާކުރުމަކީ ދިވެހި އެއްވެސް ރައްޔިތަކު ބަލައިގަންނާނެކަމެއް ނޫންކަމުގައިވެސް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ، ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް އަދުގެ ސަރުކާރުން ހުށަހަޅާފައިވާ އިސްލާޙަކީ އިސްލާމްދީނާއި ދުރު އަދި ދީނާއި ދުރުވާން ހިތްވަރު ލިބޭގޮތަށް ދީނަށް ފުރައްސާރަކުރާ ބަޔަކަށް އެކަމަށް ޤާނޫނީ ހިމާޔަތް ލިބިދޭގޮތަށް ފަރުމާކޮށް ލިޔެފައިވާ އިޞްލާޙެއްކަމަށެވެ.

މަޑުއްވަރީ ކައުންސިލުން ނެރެފައިވާ ބަޔާން ނިންމާލައިފައިވަނީ، މަޑުއްވަރީ ރައްޔިތުންނާއި މަޑުއްވަރީ ކައުންސިލުގެ ނަމުގައި އެ އިޞްލާޙު ކުއްވެރިކުރާ ކަމަށާއި މި އިސްލާޙު ފާސްކުރުމަށް މަޖިލީހުގެ ތެރޭގައި ކުރެވެމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close