ޚަބަރު

މީހެއްގެ ކޭޝްކާޑު ބޭނުންކޮށްގެން ވަގަށް ނެގި ރުފިޔާތަކެއް ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

މީހެއްގެ ކޭޝްކާޑު ބޭނުންކޮށްގެން ވަގަށް ނެގި ރުފިޔާތަކެއް ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.

މި މެއި މަހުގެ 10 ވަނަ ދުވަހު މާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި ވަގަށް ނަގާފައިވަނީ ނ. މާފަރު މީހެއްގެ އެކައުންޓްގައި ހުރި 20000 (ވިހިހާސްރުފިޔާ) އެވެ.

އެ ވައްކަމުގައި ކޭޝް ކާޑު ވަގަށް ނަގައި ފައިސާ ނަގާފައިވަނީ ނ.ކެނދިކުޅުދޫގައި ހުންނަ ބީއެމްއެލް އޭ.ޓީ.އެމް އިންނެވެ.

އެ މައްސަލައާ ގުޅިގެން މި މަހު 10 ވަނަ ދުވަހު 26 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1000 ރުފިޔާ ފެނިފައިވެއެވެ. އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެ މީހުންވަނީ ދޫކޮށްލާފައެވެ.

އޭގެ އިތުރުން، އެ ފައިސާތައް ހޯދުމަށް މާފަރު ޕޮލިސް ސްޓޭޝަނާއި، މަނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އޭގެ ތެރެއިން 17000 ރުފިޔާ ހޯދާފައިވަނީ މާފަރު ވަލުތެރޭގައި ވަޅުލާފައި ހުއްޓައެވެ. އެ އޮޕަރޭޝަނުގައި މާފަރު ރައްޔިތުންގެ އެހީތެރިކަން ފުލުހުންނަށް ލިބިފައިވެއެވެ.

އަދި އެ ދެ މީހުން ވަގަށް ނެގި 20000 ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައިވާ 18000 ރުފިޔާ މިހާރުވަނީ ވެރިފަރާތާ ހަވާލުކޮށްފައެވެ.

މާފަރު ޕޮލިސް ސްޓޭޝަނުން މި މައްސަލަދަނީ ތަހުގީގު ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close