އަނެއްކާވެސް ކޮވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ، ޖުމުލަ ޢަދަދު 104 އަށް
ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެކަމަށް ދާދިދެންމެ އެޗްޕީއޭއިން ބުނެފިއެވެ.
އެންމެ ފަހުން ކޮވިޑް ބަލީގައި ނިޔާވިކަމަށް އެޗްޕީއޭއިން ބުނީ 73 އަހަރުގެ އަންހެނެކެވެ.
އެމީހާ ނިޔާވީ ކޮވިޑްޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ.
މިއަދު 12:10 ގައި ނިޔާވި މި މީހާއާއިއެކު ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު އެވަނީ 104 އަށް އަރާފައެވެ.
އިއްޔެވެސް ކޮވިޑަށް 1433 މީހުން ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ.

