ކޮވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ، ނިޔާވި މީހުންގެ ޢަދަދު 103 އަށް
ރާއްޖެއިން ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެކަމަށް އެޗްޕީއޭއިން ދެންމެ ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ އެންމެފަހުން ނިޔާވި މީހަކީ 79 އަހަރުގެ އަންހެނެއްކަމުގައެވެ.
ރޭ 11:14 ގައި ނިޔާވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަމީހެކެވެ.
މި މިހާއާއި އެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޢަދަދު އެވަނީ 103 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ފޮޒިޓިވްވާ ކަމަށާއި ކޮންމެ ދުވަހު ޕޮޒިޓިވްވަމުންދާ ކުޑަކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އުމުރުން 10 އަހަރުގެ ދަށުގެ 80 ކުޑަކުދިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ކަމަށާއި އޭގެ ތެރެއިން އަހަރު ނުވާ ހަތަރު ނޫނީ ފަސް ކުދިން ހިމެނޭ ކަމަށް ވެސް ވަނީ ބުނެފައެވެ

