ކޮވިޑްގެ އިތުރުމަރެއް، މިހާތަނަށް ކޮވިޑްގައި މަރުވި އަދަދު 101 އަށް
ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މިއަދު އިރުއޮއްސެން ގާތްވެފައިވަނިކޮށް ނިޔާވެއްޖެއެވެ.
ހަވީރު 6:00 ގައި ނިވާވި މި މީހާއި އެކު މިބަލީގައި މިހާތަނަށް ނިޔާވި މީހުންގެ ޢަދަދު 101އަށް ވަނީ އަރައިފައެވެ. މިއީ މިއަދު ރާއްޖެއިން މި ބަލީގައި ނިޔާވި 3 ވަނަ މީހާއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ އެންމެފަހުން ނިޔާވެފައިވަނީ ޢުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެމީހާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މައްޗަށް ގޮސް ހާހަކުން މަތީގައި ހުރުމަށްފަހު އިއްޔެވަނީ އެއްދުވަހާ ޕޮޒިޓިވް ވި ޢަދަދު ކުޑަކޮށް ދަށްވެލައިފައެވެ. އިއްޔެ ޕޮޒިޓިވްވީ އަދަދު އުޅެނީ ހާހަކުން ދަށުގައެވެ.
ކޮވިޑުން ސަލާމަތް ވުމަށް އަޅާފައިވާ ފިޔަވަޅުތައް މިހާރަސްވުރެވެސް ހަރުދަނާ ކުރުމަށް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

