ޚަބަރު

މިނިސްޓަރު ޒަހާ މަގާމުން ވަކިކޮށްފި

އެމްއާރްއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު އެ މަގާމުން ވަކިކުރައްވައިފި އެވެ.

އޮންލައިން ނޫސް ސީއެންއެމް އިން ރިޕޯޓް ކޮށްފައިވާގޮތުގައި މިނިސްޓަރު ޒަހާ މަގާމުން ވަކިކޮށްފަވާކަން އަންގާފައިވަނީ ރޭ 12 ޖެހިއިރު ރައީސް އޮފީހުގެ ފޯން ކޯލަކުންނެވެ.

އަދި ފިޝަރީސް މިނިސްޓަރުގެ މަގާމުން ވަކިކުރުމަށްފަހު ރައީސް އޮފީހުގެ ޕީއޯގެ މަގާމަށް ޒަހާ އައްޔަންކުރުމަށް ނިންމާފަވާކަމަށް ވެސް ސީއެންއެމްއަށް ވަނީ މައުލޫމާތު ލިބިފައިވާ ކަމަށް އެނޫހުގައި ވެއެވެ.

ޒަހާ މިނިސްޓަރުކަމުން ވަކިކޮށްފައިވާއިރު މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވިވާތީ، މިނިސްޓަރުކަމުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރައްވާ ކަމަށް ބުނެ މަޖިލީހުގެ ތަޅަމަށް އެތައް ފަހަރަކު މިނިސްޓަރު ހާޒިރުކޮށްފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close