ނާރެސް ރޯދަސުފުރާގައި މިއަދު މިގެނެސްދެނީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ޕުޑިންގ އެކެވެ. މިއީ ޕެންޑާ ކޮކްޓެއިލް ޕުޑިންގ އެވެ. އަނގަޔަށް މީރު ޕުޑިންގ އެއް ކާލަން ބޭނުންނަމަ މީތި ތައްޔާރުކޮށްލާށެވެ.
ބޭނުންވާތަކެތި
1 ޕެކެޓް ވިޕް ކްރީމް
6 ޕެންޑާ ކޭކް
1 ދަޅު ފުރުޓް ކޮކްޓެއިލް
ތައްޔާރުކުރާނެގޮތް
ފުރަތަމަ ވިޕް ކްރީމް މިކްސަރަށް އަޅާ ރަނގަޅަށް ގިރާލާށެވެ. ދެން އޭގެން އެއްބައި ތައްޓަކަށް އަޅާށެވެ. ޓްރޭއަކަށް އެޅިޔަސް އޯކޭވާނެއެވެ. ދެން އޭގެ މަތީގައި ޕެންޑާކޭކް ތަކުގެ ދެބައި ވަކިކޮށްލާފަ އަތުރާލާށެވެ. ދެން އޭގެ މައްޗަށް އަނެއްކާ ވިޕް ކްރީމް ލޭޔަރެއް އަޅާށެވެ. ދެން އޭގެ މައްޗަށް ފުރުޓްކޮކްޓެއިލް ދަޅުން ބައެއް އަޅާށެވެ. ދެން އެގޮތަށް ފުރުޓް ދަޅު ހުސްވަންދެން ލޭޔަރ އިތުރުކުރާށެވެ. އޭރުން އެހެރީ ތައްޔާރުކޮށް ނިމިފައެވެ.
އައިސްއަލަމާރީގައި ބަހައްޓާ ފިނިކޮށްލައިގެން ރޯދަ ވީއްލާ ގަޑީގައިވެސް އަދި ތަރާވީސް ގަޑީގައިވެސް ކާލަން ވަރަށް ކަމުދާނެއެވެ.

Handoo fuh alhaigen v meeruvaane .fiyaa boakibaa ah