ޚަބަރު

ފައިސާ ޗާޕް ކުރެވޭނެ މުއްދަތު އިތުރު 1 އަހަރު ދުވަހަށް އިތުރުކޮށްދީފި

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ޚަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން، ނުވަތަ ރުފިޔާ ޗާޕް ކުރަން ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދަ އިތުރު 1 އަހަރު ދުވަހަށް އިތުރު ކޮށްދީފިއެވެ.

މި ހުއްދަ އެއް އަހަރު ދުވަހަށް އިތުރު ކޮށްދިނުމަށް ފާސްކޮށްފައިވަނީމިއަދުގެ މަޖިލީހުގެ 47 މެންބަރުންގެ ވޯޓުންނެވެ. މި މުއްދަތު އިތުރު ކުރުމަށް ނުފެންނަކަމަށް ވޯޓް ދީފައިވަނީ 4 މެންބަރެކެވެ. މިއަދު ޖަލްސާގައި ބައިވެރިވެވަޑައިގެންފައި ވަނީ53 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުން މި ޙުއްދަ އިތުކޮށްދީފައި މިވަނީ ރުފިޔާ ޗާޕް ކުރުމަށް މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓްރީން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިލެއްވުމާއި ގުޅިގެންނެވެ.

މި އެދިލެއްވުމައި ގުޅިގެން މިދިޔަ އަންގާރަ ދުވަހުގެ މަޖިލީހުގައި މި މައްސަލަ ޚާއްސަ ކޮމެޓީއަކަށް ފޮނުވައިގެން ދިރާސާ ކުރުމަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފުގެ ހުށައެޅި ހުށައެޅުން ފާސްނުވުމުން މަޖިލީހުގެ ރައީސް ވަނީ މި މައްސަލަ ވަކި ގޮތަކަށް ނުނިމުނު ކަމުގައި އިޢުލާން ކުރައްވާފައެވެ.

ނަމަވެސް އޭގެ ފަހުން އަލުން މަޖލީހުން މިއަދު މިވަނީ ޖަލްސާއެއް ބާއްވައި ފިނޭންސް މިނިސްޓްރީން އެދިލައްވާފައިވާ ގޮތަށް މި މުއްދަތު އިތުރުކޮށްދިނުމަށް ފާސްކޮށްފައެވެ.

ކޮވިޑާއި ގުޅިގެން ކުރިމަތިވި އިޤްތިޞާދީ އަދި މާލީ ލޮޅުންތަކާއި ގުޅިގެން މިދިޔަ އަހަރުވެސް ވަނީ ފައިސާ ޗާޕްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close