ޚަބަރު

ފިޝަރީޒް މިނިސްޓްރީގެ ނައިބުކަމުގެ މަޤާމަށް ޢަލީ މާޖިދު ހަމަޖައްސަވައިފި

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުކަމުގެ މަޤާމަށް މ.ހިޔަމަ އަލްފާޟިލް ޢަލީ މާޖިދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ކުރީގެ ނ.އަތޮޅު ކައުންސިލްގެ މެމްބަރުކަށް އަދާކުރައްވާފައިވާ އަލްފާޟިލް ޢަލީ މާޖިދު މި މަޤާމަށް ޢައްޔަނުކުރެއްވުމާ ހަމައަށް، އަމިއްލަގޮތުން ކުރައްވަމުން ގެންދެވި މަސައްކަތަކީ އިންޓީރިއަރ ޑިޒައިނިންގ އަދި ޕްރޮޖެކްޓް މެނޭޖްމަންޓްގެ މަސައްކަތްތަކެވެ.

ނ.އަތޮޅުގެ ގިނަބަޔަކު ދަންނަ ގިނަމީހުންނާ ގުޅޭ ހިތްހެޔޮ އަދި އެމްޑީޕީގެ އެންމެއިސް މަޤާމްތަކުގައި ތިއްބެވި ބޭފުޅުންގެވެސް ފަރިތަ ބޭފުޅެއްކަމުގައިވާ ޢަލީ މާޖިދު ވަނީ ނޮދަރން ޔޫޓިލިޓީސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމާއި، ޕްލޭންކްޓަންސް ބީޗް ހޮޓެލް އަދި މޯނިންގ ސަންރައިސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގައި ޖެނެރަލް މެނޭޖަރގެ މަޤާމުވެސް އަދާކުރައްވާފައެވެ.

2019 ވަނައަހަރު އެމްޑީޕީގެ ޕްރައިމަރީގައި މަޖްލިސް މެމްބަރުކަމަށްވެސް ވާދަކުރެއްވި އަލްފާޟިލް ޢަލީ މާޖިދު ވަނީ އަމިއްލަގޮތުން މަސައްކަތްކުރާ އެކި ކުންފުނިތަކުގެ އިސް މަޤާމުތައް ވެސް ފުރުއްވާފައެވެ.

ޢަލީ މާޖިދަކީ މަންދުކޮލެޖުން ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން ޢަލީ މާޖިދު ވަނީ ސެޓްފިކެޓް އިން ޓްރެވަލް އެންޑް ޓުއަރ އޮޕަރޭޝަންސް ކޯސްވެސް ފުރިހަމަކުރައްވާފައެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close