ޚަބަރު

ފުލުސް ބޯޑް އެކުލަވާލައްވައިފި

ފުލުހުންގެ ޚިދުމަތުގެ އާ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ޕޮލިސް ބޯޑު އެކުލަވާލައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލަށް އެކުލަވާލެއްވި ބޯޑު މިހާރު އެކުލެވިގެންވާ ގޮތްތިރީގައި އެވަނީއެވެ.

1. އަހްމަދު ފަޔާޒް ހަސަން، މ.ހަޒާރީވިލާ

2. އާއިޝަތު ނޫރާ މުހައްމަދު، ހ.ނޫމުތީ

3. އަލީ ފާއިޒު، މއ.މަނާގެ

4. އަހްމަދު ނާޝިދު، މއ.ގޯލްޑަންމޫން

5. އާދަމް އިބްރާހީމް، ގ.ޑިމްލައިޓް

6. ހާމިދު އަބްދުލްޤަފޫރު، ހ.ޝޭޑީކޯނާ

7. ސަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ

އެ ގާނޫނު ބުނާ ގޮތުން ފުލުސް ބޯޑު އެކުލުވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައީސް އައްޔަންކުރައްވާ ދެ މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުންގެ އިތުރުން އާންމުންގެ ތެރެއިން، ކުރިމަތިލާ ދެ މެމްބަރުންނެވެ. އާންމުގެ ތެރެއިން ކުރިމަތިލާ ދެ މެމްބަރުންނަށް ރުހުން ދެނީ މަޖިލީހުންވެ.

އެ ހަތް ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ދިން ހާމިދާއި ސަފާއާމެދު އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ހާމިދަކީ، ކުރީގެ ރައީސް ވަހީދުގެ ސަރުކާރުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހެކެވެ. އަދި ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކޮށް މަޖިލީހަށް ވަދެ ފިލި މީހަކަށްވާތީ އެކަމުގެ ކަންބޮޑުވުން ބައެއް އާންމުން ފާޅު ކުރި އެވެ. އަދި ސަފާ އަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީވަކީލުންގެ ޓީމުގައި ހިމެނޭ ބޭފުޅަކަށްވާތީ އެކަމާވެސް ނުރުހުން ފާޅުކޮށްފައިވެއެވެ.

ފުލުސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close