ޚަބަރު

ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން ނިންމައިފި

ކޮވިޑް-19ގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމަވައިފިއެވެ.

އެޗްޕީއޭ އިން މިކަން މިގޮތަށް ނިންމެވިކަން ހާމަކޮށް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލެ ސަރަޙައްދުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ވެކްސިން ޖެހޭނެ ތާރީޙެއް އިއުލާނެ ކުރާނެ ކަމަށެވެ.

އެޗްޕީއޭ އިން މިފަދަ ފުރުސަތެއް ހުޅުވާލައިފައި މިވަނީ ޢާއްމުކޮށް ހުޅުވާލައިގެން ކޮވިޑް-19 ވެކްސިން ދިނުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނައުމަށްފަހުއެވެ. ވެކްސިން ދިނުން ނިމުމަކަށް ގެނަނަމަވެސް ގިނަ އަދަދެއްގެ ބަޔަކު އައްނަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖެހޭކަމުގެ ޝަކުވާ ކުރަމުންނެވެ.

މާލެ ސަރަޙައްދުގައި ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފަށައިފައިވަނީ ފެބްރުއަރީ އެއްވަނަ ދުވަހުއެވެ. މިމަހުގެ 15 އާއި ހަމައަށް އައިއިރު މާލޭ ސަރަހައްދުން 218،046 މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައި ވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު އަތޮޅުތަކުން ޖުމްލަ 449 މީހުންވަނީ ވެކްސިން ޖަހާފައެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 21،8046 އަށް އަރާފައެވެ. އަލަށް ވެކްސިންޖެހި 449 މީހުންނާއެކު އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 96،416 އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close