ޚަބަރު

މިދިޔަ ހޮނިހިރު ދުވަހު ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ

މިދިޔަ ހޮނިހިރު ދުވަހު ރ.މާމުނަގައު ރިސޯޓުން ސްނޯކްލިންގއަށް ދިޔަ އަންހެން ފަތުރުވެރިއެއްގެއްލިގެން ހޯދަމުން ދާއިރު އަދިވެސް އޭނާ ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ހާމަކުރައްވައިފިއެވެ.

ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރ.އަތޮޅު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން ސްނޯކްލިންގއަށް ދިޔަ އަންހެން ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން ހޯދަން ފެށީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެންނެވެ.

އެމްއެންޑީއެފް ވިދާޅުވީ ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއާއި ރިސޯޓުގެ މެނޭޖްމަންޓް ގުޅިގެން ކުރަމުންދާ މަސައްކަތުގައި މިއަދު 54 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑުމަގުން ވަނީ ބަލާފައިވާކަމަށެވެ. އަދި ޑައިވްކޮށްގެން ޖުމްލަ 138000 އަކަ މީޓަރުގެ ސަރަހައްދެއްވެސް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ވަނީ ބަލާފައިވާކަމަށެވެ. މީގެ އިތުރުން ކައިރިގައި ހުރި ފަޅުރަށްތައްވެސް ބަލާފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މި މީހާ ހޯދުމުގެ މަސައްކަތުގައި ކަނޑުގެ ސަރަހައްދު ބެލުމުގައި ކޯސްޓްގާޑް ކާމިޔާބު ލޯންޗާއި ހާބަރ ކްރާފްޓް ލޯންޗް ވަނީ ހަރަކާތްތެރިވެފައެވެ. އަދި ވައިގެ މަގުން ޑޯނިއާ ފްލައިޓްވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. އަދި މީގެއިތުރުން ރިސޯޓްގެ ދޯނިފަހަރާއި ލޯންޗް ފަހަރުވެސް ވަނީ ހަރަކާތްތެރިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close