ޚަބަރު

މުސްލިމުން އެމެރިކާއަށް ވަނުން މަނާކޮށްފައި އޮތްއޮތުން ބައިޑަން އުވާލައްވައިފި

މުސްލިމުން އެމެރިކާއަށް އެތެރެވުން މަނާވެކޮށް ޓްރަންޕް ކުރެއްވި އަމުރު ޖޯބައިޑެން ވެރިކަމާ ޙަވާލުވި ވަގުތުން ފެށިގެން އުވާލައްވައިފިއެވެ.

މުސްލިމް އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގެ މީހުން އެމެރިކާއަށް އެތެރެވުން މަނާކޮށްފައި އޮތީ ޓްރަމްޕްގެ ސަރުކާރުންނެވެ. އެ އަމުރަށް އަމަލުކުރުން ރޭ އުވާލެއްވީ އެމެރިކާގެ 46 ވަނަ ރައީސް ޖޯ ބައިޑެންއެވެ.

މީގެއިތުރުން، ކޮވިޑުން އަރައިގަތުމާއި އިގުތިސޯދާ ގުޅުން ހުރި ކަންކަން ހިމެނޭ ގޮތަށް ބައިޑެން އިތުރު 16 އަމުރެއްގައި ވެސް ސޮއިކުރައްވާނެއެވެ. އޭގެތެރޭގައި، ޑަބްލިއުއެޗްއޯއާ ގުޅުން ކަނޑާލަން ޓްރަމްޕް ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލުމުގެ އަމުރެއްގައި ބައިޑެން ސޮއިކުރެއްވުން ވެސް ހިމެނިވަޑައިގަންނަވައެވެ.

އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގެން ޓްރަމްޕް އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި، މުސްލިމް މެޖޯރިޓީ އޮންނަ ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން ޒިޔާރަތްކުރުން ވަނީ މަނާކޮށްފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެގެން ދިޔައީ މުސްލިމުންނަށް އެތައް އުނދަގުލަކާ ކުރިމަތިކުރުވި ވެރިއަކަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close