ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑަށް މެމްބަރުން އައްޔަން ކުރައްވައިފި
ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑަށް މެމްބަރުން އައްޔަން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް އެކުލަވައިލައްވައި، އެ ބޯޑަށް މެންބަރުން ޢައްޔަންކުރެއްވީ މިއަދުއެވެ. ބޯޑުގެ މެންބަރުކަމުގެ މަޤާމަށް 6 ބޭފުޅަކު ޢައްޔަންކުރައްވާފައި ވާއިރު މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވީ އަލްފާޟިލާ އާމިނަތު ޤާސިމެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބޯޑު އެކުލަވައިލައްވާފައި ވަނީ ތިރީގައި މި ދަންނަވާ ބޭފުޅުންގެ މައްޗަށެވެ:
1. އަލްފާޟިލާ އާމިނަތު ޤާސިމް (ތަރި، ހދ. ކުޅުދުއްފުށި)
2. ޑޮކްޓަރ އާމިނަތު ނަޛީރު (މ. ކެލްވީނިއާ)
3. އަލްފާޟިލާ މުއުމިނާ ޢަބްދުﷲ (ޒީނިޔާ، ދޫޑިގަން، ޏ. ފުވައްމުލައް)
4. އަލްފާޟިލް ޙަސަން ޝުޖާޢު (ހަނީމޫން، ހދ. ކުޅުދުއްފުށި)
5. އަލްފާޟިލް ޢަބްދުއްލަޠީފް ހަސަން (މަޝާއިރު، ހދ. ކުޅުދުއްފުށި)
6. އަލްފާޟިލް އަޙްމަދު ދާއޫދު (ރޯމާ، ހދ.ކުޅުދުއްފުށި)